ރިޝީ ކަޕޫރްއާ އެންމެ ފަހުން ވާހަކަ ދެއްކީ 2020 ވަނަ އަހަރުގެ އެންގޭޖްމަންޓް އެނިވާސެރީގައި ކަމަށް ނީތޫ ކަޕޫރް ބުނެފިއެވެ.

ރިޝީ ކަޕޫރްގެ ހަނދާން އާކުރަމުން ނީތޫ އިންޑިއާގެ ނޫހަކަށް ކިޔާދިން ގޮތުގައި ފިރިމީހާ ރިޝީ ކަޕޫރް މަރުވުމުގެ ކުރިން ވާހަކަ ދެއްކީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 13 ވަނަ ދުވަހު އެވެ.

އެ ދުވަހު ރިޝީ ކަޕޫރް ވެންޓިލޭޓަރަށް ލުމުގެ ކުރިން ވަރަށް ގިނަ ވާހަކަ ދައްކަން ބޭނުންވި ކަމަށާއި ނަމަވެސް އެ ހުރިހާ ވާހަކައެއް ނުދެއްކުނު ކަމަށް ނީތޫ ބުނެފައި ވެއެވެ.

ރިޝީ ކަޕޫރް މަރުވީ 2020 ވަނަ އަހަރުގެ އޭޕްރީލް 30 ވަނަ ދުވަހު އެވެ.

ނީތޫ އާއި ރިޝީ ކަޕޫރްގެ ފިރިހެން ދަރިފުޅު ރަންބީރު ކަޕޫރް އާއި އާލިއާ ބަޓް ކައިވެނި ކޮށްފައިވަނީ މި އަހަރުގެ އޭޕްރީލް މަހުގެ 14 ވަނަ ދުވަހުއެވެ.

ނީތޫ ބުނި ގޮތުގައި ރަންބީރު ކައިވެނި ކުރާ ތަން ފެނުމަކީ ރިޝީގެ ވަރަށް ބޮޑު ހުވަފެނެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ނީޓޫ ސިންގ ގެ ލައިފް އަދި ފެށުނީ ރިޝީ މި ދުނިޔެ ދޫކުރުމައްފަހު! ނީޓޫ މިހާރު ވ ހަރަކާތްތެރި އަދި އުމްރާ ބަލާފަ ޒުވާން! އެހާ ރީތި މީހެއް ނުން ނީޓޫ އަކީ އެކަމަކު ވެސް ވ ހިތްގައިމު އަދި މަޖާ މިޒާޖެއް!

  2. ތީރު

    ނީޓޫ އާ އެއްކޮށް ފިލްމީ ދާއިރާ އަށް ފައިތިލަ ސާބިތު ކުރި މީހުންގެ ތެރޭގައި ހެމާމާލިނީ، ޒީނަތު އަމަން، ޕަރްވީން ބާބީ، ޝަބާނާ އަޒްމީ، މައުޝަމީ ، ރޭކާ އަދި ޑިމްޕަލް ކަޕާޑިޔާ ހިމެނޭ! އެ އެއްމެންގެ ތެރެން އެއްމެ ރީތީ ހެމާމާލިނީ، ދެން ރޭކާ! އެމަމކު އެއްމެ އުމްރުން ދޮށީ ހެމާ! އެއްމެ ހަނގީ ނީޓޫ! އެކަމަކު ސިފަޔަށް ބަލަންޏާ ސިފަ އެހާ ރީތި ނޫނީ ނީޓޫ! މިހާރުވެސް ހެމާ އާ ރޭކާ ވ ރީތި! ރޭކާ އަކީ ދެވަނަ އަށް އެއްމެ ހަނގު މީހާ އެ ބެޗުން! ޖެހިގެން އާ ބެޗުގަ ހިމެނޭ ޕޫނަމް ، ސްރީދޭވީ ، ރާޓީ ، ޕަދުމިނީ މެންނާ ރޭކާ އެއް ހަމަ ކުރި!