މިއަދު ހެނދުނު އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ސިފައިން ނޫސްވެރިންނަށް އަމާޒުކޮށްގެން ދިން ހަމަލާގައި މަރުވި ޝީރީން އަބޫ އަޚްލީހްގެ ފަހު ވަގުތުކޮޅު ފެންނަ ވީޑިއޯއެއް އާންމުކޮށްފިއެވެ.
"ޓައިމްސް އޮފް ގާޒާ"ގެ ޓްވިޓާ އެކައުންޓުން އާންމުކޮށްފައިވާ އެ ވީޑިއޯއިން ފެންނަނީ ފަލަސްތީނުގެ ޒުވާން ފިރިހެނަކު ޝީރީން އާއި އޭނާއާ އެކު މަސައްކަތްކުރާ އެހެން ނޫސްވެރިއަކަށް އެހީތެރިވާ މަންޒަރެވެ. އެ ވީޑިއޯއިން ފެންނަނީ ޝީރީން އާއި އެކު މަސައްކަތްކުރާ އަންހެން ނޫސްވެރިއަކު ސިފައިން ހަމަލާދެމުން ދިޔަ ސަރަހައްދުގައި އިންދާ އެ ފިރިހެން މީހާ އޭނާ ފާރެއްގެ ފުރަގަހަށް ގެންގޮސްދޭ ތަނެވެ. އެއީ ޝީރީންގެ ބޮލަށް ދީފައިވާ ހަމަލާ އާއި އެކު އޭނާ ބިންމައްޗަށް ވެއްޓިފައިވާ ވަގުތެވެ.
އެ އަންހެން މީހާ ގެންގޮސްދިނުމަށްފަހު ޝީރީން ހޮސްޕިޓަލަށް ގެންދިއުމަށްޓަކައި ކާރަކާއި ހަމައަށް ގެންގޮސްދިނުމަށް މަސައްކަތްކުރި ވަގުތު އެ ފިރިހެން މީހާއަށް ސިފައިން ހަމަލާދިނެވެ. އޭނާގެ ފައިގެ ފަލަމަސްގަނޑަށް ވަޒަންް އަރާ އޭނާ ޒަހަމްވި ނަމަވެސް ޝީރީން ކާރާ ހަމައަށް ގެންގޮސްދިނުމަށް އޭނާ އެހީތެރިވިއެވެ.
Watch how the Israeli occupation forces directly targeted the Palestinian young man who was trying to help Shereen Abu Aqleh and her colleague. pic.twitter.com/hkvlabQT4V
— TIMES OF GAZA (@Timesofgaza) May 11, 2022
ޝީރީން ކައިރީގައި އެވަގުތު ތިބި ނޫސްވެރިންނާއި ހަވާލާދީ "އަލްޖަޒީރާ" ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި މިއަދު ދިން ހަމަލާއަކީ ނޫސްވެރިންނަށް އަމާޒުކޮށް ދީފައިވާ ހަމަލާތަކެކެވެ. އެ ހަމަލާތަކުގައި އިތުރު ނޫސްވެރިއަކުވެސް ޒަހަމްވިއެވެ. އޭނާގެ ހާލު މިހާރު ރަނގަޅުކަމަށް އެނޫހުން ރިޕޯޓުކޮށްފައި ވެއެވެ.
އަލްޖަޒީރާ އިން ފަލަސްތީންގެ ހަބަރުތައް ގެނެސްދޭ ގޮތުން އިސްރާއީލުން އަބަދުވެސް ނުރުހުން ފާޅުކުރެއެވެ. މީގެ ކުރިން ވެސް އިސްރައީލް ސިފައިން ވަނީ ފަލަސްތީންގެ ނޫސްވެރިންނަށް ހަމަލާދީ ނޫސްވެރިން ޝަހީދުކޮށްފައެވެ.
މުސްލިމު ގައުމެއްގަ ނޫސްވރިއަކު ނަމަ ދެފުއއކެހެރި ޑިމޮކްރަސީ ގައުމުތަކުން ނުނިދާ އެވާހަކަ ދައްކާނެ
ބަލަ އެދެ ރިޕޯޓަރުންނަށް އެހީވި ޒުވާނާގެ ފަލަމަސްގަނޑަށް ވަޒަނެއް ނާރާ.. އޭނާ މަރުވަފައިވާ އެ ރިޕޯޓަރު ފުރަތަމަ ނަގަން އުޅުމުގެތެރޭ އެ ޒުވާނާގެ ޖިންސުގައި ހޭކިފައި އެވަނީ ރިޕޯޓަރު ބޮލުން ފައިބަމުންދިޔަ ލޭ.. އެހެނަސް ފިނޑި އިޒްރޭލް ބައިގަނދު އެވަގުތު ބަޑިޖަހަމުންދިޔަ ނަަމަވެސް ފަލަސްތީންގެ އެ ޒުވާނާގެ ހިތްވަރަށް ހަމަ ސާބަސް.
ޔާﷲ.. ފަލަސްތީނާ މުސްލިމުންނަށް ނަސްރު ދެއްވާށި..
ޑިމޮކްރަސީ އަކީ މުޅި ދުނިޔޭގެ ހަލާކު...