އާންމުންގެ ސަމާލުކަން ހުއްޓޭ ވަރަށް ގިނަ ފޮޓޯތަކާއި ވީޑިއޯތައް މީސްމީޑިއާއިން ވަރަށް ގިނައިން ފެނެއެވެ. މިފަދަ ވީޑިއޯތަކުގެ ސަބަބުން ވަރަށް ގިނަ މީހުން އެފަދަ ވީޑިއޯތައް ބަލައި ޝެއާކޮށް ހަދައެވެ.

މިފަހަރު މިއޮތީ ސާރިދޯޅިއެއް ޖަންގައްޔެއްގެ ތެރޭގައި ނަށާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑީއާގައި އާންމުވެ ގިނަ ބައެއްގެ ސަމާލުކަން ލިބުނު ވާހަކައެވެ.

ޓުވިޓާގައި ޔޮގް ނަމަކަށް ކިޔާ މީހަކު ހިއްސާ ކޮށްފައިވާ އެ ވީޑިއޯއަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނު ނަމަވެސް އެއީ ކޮން ގައުމެއްގައި ހިނގާފައިވާ ހާދިސާއެއްކަން އޭނާ ހާމަ ކޮށްފައެއް ނުވެއެވެ. ވީޑިއޯއިން ސާރިދޯޅި ދެކޮޅަށް ނަށަމުން ދެފައި މައްޗަށް ކޮޅަށް ތެދުވާ މަންޒަރު ވެސް ފެނެއެވެ.

މި ވީޑިއޯ މީސްމީޑިއާގައި އާންމުވުމާއި އެކީ 2.5 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ވީޑިއޯ ބަލާފައެވެ.

https://twitter.com/Yoda4ever/status/1532332451854536705?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1532332451854536705%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.ndtv.com%2Foffbeat%2Ftgif-video-of-bear-cub-dancing-in-forest-melts-2-5-million-hearts-3035491

ވީޑިއޯ ބެލި ބައެއް މީހުން ބުނެފައިވަނީ އެފަދަ މަންޒަރެއް ދުވަހަކު ވެސް ނުފެންނަ ކަމަށާއި އެއީ ބަލާލަން ވަރަށް "ކިއުޓް" އަދި ވީޑިއޯ ނެގި މީހާގެ މޮޅުކަން ފެނިގެންދާ ވީޑިއޯއެއް ކަމަށެވެ.

"އެއްވެސް މީހަކު ބަލަން ނެތުމުން ކުރާ ޑާންސެއް" ގޮތަށް ސިފަކޮށް ގިނަ ބަޔަކު ވަނީ މި ވީޑިއޯ ރީޓުވިޓު ވެސް ކޮށްފައެވެ.