ދެކުނު ކޮރެޔާގެ ޑުރާމާތަކަކީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ، އެތައް ބަޔަކު ބަލާ ހިތްވާ ޑުރާމާތަކެކެވެ.

''އަވަރ ބުލޫސް''، ''އަ ބިޒްނަސް ޕްރޮޕޯސަލް'' ފަދަ ހިތްގައިމު ޑުރާމާތަކަކަށް ފަހު އަންނަ އޯގަސްޓް މަހު ވެސް މުޅިން އައު ޑުރާމާތަކެއް ބެލުންތެރިންނާ ހަމައަށް އަންނާނެއެވެ.

އެގޮތުން އޯގަސްޓް މަހު ނެރުމަށް ހަމަޖެހިފައިވާ ކޭ-ޑުރާމާ ތަކަކީ:

ޕޫންގް، ދަ ޖޮސިއޯން ސައިކޭޓްރިސްޓް

އޯގަސްޓް މަހުގެ އެއް ވަނަ ދުވަހު ޓީވީއެން އިން ދެއްކުމަށް ހަމަޖެހިފައިވާ މި ޑުރާމާއަކީ މަޖާ އަދި ތާރީޚީ ކަންތައްތަކެއް ދައްކުވައިދޭ ޑުރާމާއެކެވެ. މިއީ 2016 ވަނަ އަހަރު ކޮރެޔާގެ ވާހަކަ މުބާރާތުން އެކްސަލެންސް އެވާޑް ހޯދާފައިވާ ވާހަކައަށް ތައްޔާރު ކޮށްފައިވާ ފިލުމެކެވެ.

ހަންޓެޑް

ފޮރުވިފައިވާ ހަގީގަތްތަކެއް ހޯދުމުގެ މަސައްކަތްތައް ފެނިގެންދާ މި ޑްރާމާ ދެއްކުމަށް ހަމަޖެހިފައިވަނީ އޯގަސްޓް މަހުގެ އެއްވަނަ ދުވަހު އެމްބީސީއިންނެވެ.

އަ މޮޑަލް ފެމެލީ

އޯގަސްޓް މަހުގެ 12 ވަނަ ދުވަހު ނެޓްފްލިކްސްއިން ދެއްކުމަށް ހަމަޖެހިފައިވާ މި ޑުރާމާއަކީ އާދައިގެ އާއިލާއަކަށް ކުރިމަތިވާ ކަންތައްތަކެއް ދައްކުވައިދޭ ޑްރާމާއެކެވެ. އާއިލާގެ މާލީ ހާލަތު ގޯސްވެ، އާއިލާގެ ތެރޭގައި ވަރިތައް ގިނަވެގެންދެއެވެ.

ދަ ލޯ ކެފޭ

ލޯބީގެ މި ޑްރާމާއަކީ ލޯ ފާމްއަކާއި ކެފޭއެއް ހިންގާ މީހަކަށް ދިމާވާ ރުންކުރު އަންހެނެއްގެ ދެމެދުގައި ހިނގާ ކަންތައްތަކެއް ދައްކުވައިދޭ ޑްރާމާއެކެވެ. މި ޑުރާމާ ދެއްކުމަށް ހަމަޖެހިފައިވަނީ އޯގަސްޓް މަހުގެ 29 ވަނަ ދުވަހު ކޭބީއެސް2 ޗެނަލުންނެވެ.

މީގެއިތުރުން ޖީ ޗެންގް ވުކްއާއި ސު ޔަންގްގެ އިމޯޝަނަލް ޑުރާމާ ކަމުގައިވާ ''އިފް ޔޫ ވިޝް އަޕްއޮން މީ'' ދެއްކުމަށް ހަމަޖެހިފައިވަނީ އޯގަސްޓް މަހުގެ 10 ވަނަ ދުވަހު ކޭބީއެސް 2 ޗެނަލްއިންނެވެ.

ކިޔުންތެރިންގެ ހިޔާލު