ދަރިންނަށް ތަފާތު ރީތި ނަން ދިނުމަކީ ކޮންމެ މަޔަކާއި މަފަޔަކުވެސް ކުރާނެ ކަމެކެވެ. މި ތަފާތު ނަންތައް ދިނުމުގެ މަގްސަދުގައި ބައްޕައަކު މި ވަނީ އޭނާގެ ދަރިފުޅަށް 27 ނަން ދީފިއެވެ.

ބައްޕައަކު އޭނާގެ ދަރިފުޅަށް 27 މެދު ނަން ދިން އިރު، އެ ނަންތައް ދޭން ވިސްނުނު ގޮތް އޭނަ ކިޔާދިނެވެ. އޭނާ ބުނީ 1970 ގެ އަހަރުތަކުގައި އޭނާގެ ފުރަތަމަ ދަރިފުޅު އުފަންވިއިރު އޭނާ އާއި އޭނާގެ އަންހެނުންނަކީ ހިޕީ ކޮމިއުނިޓީގެ ފުރިހަމަ މެމްބަރުން ކަމަށާއި އެ ބޮޑު ކޮމިއުނިޓީގައި ބައިވެރިވުމެއް އެ ނަންތަކުގައި އޮތުމަށް ކަމަށެވެ.

އަދި ދަރިފުޅަށް ދޭން ބޭނުންވަނީ ތަފާތު ނަމެއް ކަމަށް އޭނާ ބުނެފައި ވެއެވެ.

މައިންބަފައިން އޭނާގެ ފުރަތަމަ ނަމަކަށް "ރެއިން" ދިނެެވެ. ދެން ނިންމީ އެމީހުންގެ އެތައް ރައްޓެހިންގެ އަތުން މެދު ނަންތައް ހޯދުމަށެވެ.

"އަހަރެމެން ދެން އެދުނީ އަހަރެމެންގެ ކޮންމެ ރަހުމަތްތެރިއަކު ވެސް އެއް މެދު ނަމެއް ދިނުމަށް. އެގޮތަށް، އޭނާއަށް ކޮންމެ ހިސާބަކުން ބޭނުން ކުރަން ބޭނުންވާ ނަމެއް އިހްތިޔާރު ކުރާނެ ކަން އެނގޭ".

އެހެން ނަމަވެސް އޭނާގެ ބައްޕައަށްވެސް ދަރިފުޅަށް ދިން އެ 27 ނަން ހަނދާން ނުހުރެއެވެ.

އަދި އޭނާ ވަނީ ދަރިފުޅު ކައިރީގައި އޭނާ ބޭނުން ނަމެއް އިހްތިޔާރު ކުރުމަށް އެދިފައެވެ. އެގޮތުން އެ ހުރިހާ ނަމެއް ކެންސަލްކޮށް، އޭނާ ބޭނުން ނަމެއް އިހްތިޔާރު ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ައަހަރެން

    މިއީ ދެން ކޮން ބޭކާރު ހަބަރެއް🤦🏻‍♀️

    22
    1
  2. ހުސްނޫނު

    ކިޔާ އެއްޗެއް އޮޅުންފިލާ ގޮތަށް ލިޔެފަ އޮންނަ ނަމައޭ ހިތަށް އަރާ

    12
    2