ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު އަދި ބިލިއަނަރު، އީލޮން މަސްކާ މެދު ފަހުރުވެރި ނުވާކަމަށް އޭނާގެ ބައްޕަ އީރޮލް މަސްކު ބުނެފިއެވެ.

އީލޮންގެ ބައްޕަ އެފަދައިން ބުނީ އޭނާ ދިން ރޭޑިއޯ އިންޓަވިއުއެއްގައެވެ.

އީލޮން މިހާތަނަށް ހޯދާފައިވާ ބޮޑެތި ކާމިޔާބީތަކާ ގުޅިގެން ފަހުރުވެރިވޭތޯ އެހުމުން އޭނާގެ ބައްޕަ އީރޮލް ބުނީ އޭނާގެ އައިލާ އިން އެކި ކަހަލަ ބޮޑެތި ކަންކަން ކުރަމުންދާތާ އެތައް ޒަމާނެއް ވެއްޖެ ކަމަށާއި އަދި އީލޮން ކަމެއް ކުރުމަކީ އާއިލާގެ މީހަކު އަލަށް ކަމެއް ކުރުން ނޫން ކަމަށެވެ.

އީރޮލް އިތުރަށް ބުނީ އީލޮން ހާސިލުކުރަން ބޭނުންވާ މިންވަންވަރަކަށް އަދިވެސް ކަންކަން ހާސިލު ނުކުރެވޭ ކަމަށެވެ. ނަމަވެސް އޭނާގެ އެހެން ކުދިންނާ އަޅާ ބަލާއިރު އީލޮން އުޅެނީ ކުރީގައި ކަމަށް ވެސް އޭނާ ބުންޏެވެ.

އީރޮލް ބުނީ އޭނާގެ ހަގީގީ ފަހުރަކީ އޭނާގެ އެހެން ފިރިހެން ދަރިއެއް ކަމަށްވާ ކިމްބަލް މަސްކު ކަމަށެވެ. ކިމްބަލް އަކީ ކުރިން ބިލިއަނަރެކެވެ. ނަމަވެސް މިހާރު އޭނާގެ މިލްކިއްޔާތު އުޅެނީ 700 އެއްހާ މިލިއަން ޑޮލަރުގައެވެ.

ކިމްބަލްއަކީ ޝެފެއްގެ އިތުރުން ރެސްޓޯރެންޓްގެ ވިޔަފާރި ވެސް ހިންގާ މީހެކެވެ.

އީލޮން މަސްކުގެ ބައްޕަ އިންޓަވިއުއެއް ދިން ވަން މި ދަނޑިވަޅު އޭނާގެ ދަރިފުޅު ޓުވިޓާ ނުގަންނަން ނިންމި މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. ޓުވިޓާ ނުގަންނަން ނިންމުމުން އެ ކުންފުނިން ވަނީ އިލޮންގެ މައްޗަށް ދައުވާ ކުރަން ވެސް ނިންމައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޏާރސް

    މިއީ ބޮލުރޮދިކެނޑިފަ ތިބޭ ބަފައިން.. މި ފަދަ ބަފައިން ރާއްޖޭގައިވެސް އުޅޭ. އިލޯންމަސްކަކީ އޭނާގެ މަސައްކަތުން ދުނިޔޭގައި އިލެކްޓުރިކް ކާރުގެ އަގު ދަށައްގެންސޮސް އަތްފޯރާ ހިސާބައް ގެނެސް އެ ޓެކްނޮލޮޖީ އެއްވެސްއަގަކާއި ނުލާ ހިލޭ އެކިއެކި ގައުމުތަކަށް ދިންމީހާ. އޭނާއަކީ ގިނަވަގުތު މަސައްކަތްކުރާ އަދި ވިސްނުންތޫނު އިންވެސްޓަރެއް..އޭނަގެ މަސައްކަތުން މުއްސަނދިވި. ވީމާއޭނާގެބައްޕަ އޭނާއާއި ދޭތެރޭ ފަޚުރުވެރި ނުވެވޭނަމަ އެއީ އޭނާގެ ބައްޕައަކީ ފީކަޅާމީހެއްކަން ހާމަވާ ހެއްކެއް. ޢަދި ދަރީންނާއ ދޭތެރޭ ޒާތީވެފައިވާ މީހެއްކަން އެނގޭ.

  2. ސަމް

    އިލޯން މަސްކުގެ ބައްޕަ އޭނާގެ ދޮންދަރިޔާއި އިނދެގެން ވަނީ ބަނޑުބޮޑުވެފަ...