އަނަންޔާ ޕާންޑޭ އާއި ތެލެގޫ ފިލުމު އިންޑަސްޓްރީގައި އެންމެ ހާއްސަ އެއް އެކްޓަރު ވިޖޭ ދެވަރަކޮންޑާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ އަޑުތައް ގަދަވާން ފަށައިފި އެވެ.

ވިޖޭ އާއި އަނަންޔާގެ ގާތް މީހަކާއި ހަވާލާދީ އިންޑިއާގެ ނޫހެއްގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި އެ ދެ އެކްޓަރުން އެކަކު އަނެކަކު ދެކެ ވަރަށް ބޮޑަށް ގަޔާވެއެވެ.

އަދި އެކުގައި ވަރަށް ގިނައިރު ހޭދަކުރާ ކަމަށާއި ދެ މީހުން ދުރު ކުރުމަކީ އުނދަގޫ ކަމެއް ކަމަށެވެ.

ނަމަވެސް ދެ އެކްޓަރުން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން އަދި ޔަގީނެއް ނޫނެވެ. އެ ދެ މީހުން ވެސް ވަރަށް ފަހުން ވަނީ ކުރީގެ ލޯބިވެރިންނާއި ރުޅިވެފަ އެވެ.

ލޯބީގެ އައު ފެށުމެއް ފަށަން ދެ އެކްޓަރުން ވެސް އަދި ވަގުތު ބޭނިންވާ ކަމަށް ވެސް ނޫހުގައި ރިޕޯޓް ކޮށްފައި ވެއެވެ.

އަނަންޔާ އާއި ވިޖޭ އެންމެ އަވަހަށް އެކުގައި ފެނިގެން ދާނީ "ލިގާ'' ނަމަކަށް ކިޔާ ފިލްމަކުންނެވެ.

''ލިގާ'' މި ފިލުމަކީ ޕޫރީ ޖަގަންނާދު ޑައިރެކްޓްކޮށް، ޕޫރީ ޖަގަންނާދުއާއި ކަރަން ޖޯހަރްގެ ޕްރޮޑަކްޝަން ހައުސް، ދަރުމާ ޕްރޮޑަކްޝަންއިން ޕްރޮޑިއުސްކޮށްފައިވާ ފިލުމެކެވެ.

މި ފިލުމު ތިއޭޓަރުތަކަށް އަންނާނެ ކަމަށް ތާވަލު ކޮށްފައިވާ ތާރީޚަކީ އޯގަސްޓް މަހުގެ 25 ވަނަ ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަސްމޫސް

    ތި ސުވާލުގެ ޖަވާބު ނުލިބުނު މި ޚަބަރު ކިޔާ ނިމުނުއިރުވެސް