ލެގޯ ރޭލެއް 101 ކާރު ބޭނުންކޮށްގެން ހަދައި، ދުނިޔޭގެ ރިކޯޑެއް މުގުރާލައިފިއެވެ.

ނިއުޒިލޭންޑްއަށް ނިސްބަތްވާ އުމުރުން 14 އަހަރުގެ އެލެގްޒެންޑާ ބްލޮންގް މި ރެކޯޑު މުގުރާލީ ކުޅޭ ރޭލެއް 101 ކުޅޭ ކާރު ބޭނުން ކޮށްގެންނެވެ.

ޖުމްލަ 50 ގަޑިއިރު ތެރޭގައި 82 ފޫޓް ދިގު މި ކުޅޭ ރޭލު ބްލޮންގް ހަދާފައިވާއިރު، މި ރެކޯޑު އެންމެ ފަހުން ހެދި މީހާ ބޭނުން ކޮށްފައި ވަނީ 32 ކުޅޭ އުޅަނދެވެ.

ގިނީސް ވޯލްޑް ރެކޯޑަށް ދިން އިންޓަވިއެއްގައި ބްލޮންގް ބުނީ، މި ރެކޯޑާއެކު އިތުރު ހިތްވަރު ލިބފައިވާ ކަމަށާއި، ކުރިޔަށް އޮތް ތަނުގައި އިތުރު ޕްރޮޖެކްޓްތައްވެސް ތައްޔާރު ކުރާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު