2015 ވަނަ އަހަރުގެ ރީތީގެ ރާނީ އުރްވަޝީ ރައުޓެލާއަށް އިޖިޕްޓްގެ ލަވަކިޔުންތެރިއެއް ކައިވެންޏަށް ހުށަހެޅުމުން އެ ހުށަހެޅުމަށް އިންކާރު ކުރަން ޖެހުނު ސަބަބު ކިޔާދީފިއެވެ.

ބޮލީވުޑު ހަންގާމާއަށް ދިން އިންޓަވިއުއެއްގައި އުރްވަޝީ ބުނެފައިވަނީ ކައިވެނީގެ ހުށަހެޅުންތައް ވަރަށް ގިނައިން ލިބޭ ކަމަށެވެ.

މި ހުށަހެޅުންތަކުގެ ތެރެއިން އެންމެ ތަފާތު ހުށަހެޅުމަކީ ކޮބައިތޯ ސުވާލު ކުރުމުން އުރްވަޝީ ބުނެފައިވަނީ އެއީ ދުބާއީއިން އޭނާއާއި ދިމާވި އިޖިޕްޓްގެ ލަވަކިޔުންތެރިއެއް ކަމަށެވެ.

''އަހަރެން އޭނާއަށް ނޫނެކޭ ބުނިން. އެއީ ދެ ގައުމުގެ ސަގާފަތް ތަފާތުވުމުން. އަދި އެއިރު އޭނާގެ ދެ އަނބިންނާއި ހަތަރު ކުދިން ވެސް ތިބޭ. އެހެންވީމާ އަހަރެން ބޭނުމެއް ނުވި އެހާބޮޑު ރިސްކެއް ނަގާކަށް. އަދި އިޖިޕްޓަށް ގޮސް އެހާ ދުރުގައި ދިރިއުޅޭކަށް ނުވަތަ އޭނާގެ އާއިލާ ދޫކޮށްލާފައި އައިސް އިންޑިއާގައި އުޅޭކަށް ވެސް އަހަރެން ބޭނުމެއް ނުވި. އެހެންވެ އެ ހުށަހެޅުމަށް ނޫނެކޭ ބުނީ'' އުރްވަޝީ ބުނެފައިވެއެވެ.

މި އިންޓަވިއުގެ ވީޑިއޯއަށް ކޮމެންޓް ކުރި ފަރާތަކުން ލިޔެފައިވަނީ އެއީ މުހައްމަދު ރަމަދާން ކަމަށެވެ. މުހައްމަދު ރަމަދާންއާއި އެކު އުރްވަޝީ ވަނީ 2001 ވަނަ އަހަރު ވީޑިއޯ ލަވައެއްގައި މަސައްކަތް ކޮށްފައެވެ.

އުރްވަޝީ ބޮލީވުޑަށް ތަޢާރަފްވެފައިވަނީ ފިލުމު ''ސިންގް ސަހަބް ދި ގްރޭޓް'' އިންނެވެ. އެއީ އެންމެ ފުރަތަމަ ކުޅުނު ކަންނާޑާ ފިލުމް ''މިސްޓަރ އައިރަވޭޓާ'' އިންނެވެ.

އުރްވަޝީ ވަނީ މި އަހަރު އަބޫ ދާބީގައި ބޭއްވި އައިފާ އެވޯޑްސްގައި ބައިވެރިވެފައެވެ. އަދި ކަންސް ފިލުމު ފެސްޓިވަލް 2022 ގައި ވެސް ބައިވެރިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    މަވެސް ބޭނުން އެކަމަކު އެންމެ އަނބެއް ހުރީ އަދި.