ބޮލީވުޑްގެ މަޝްހޫރުގެ ޑައިރެކްޓަރު ކަރަން ޖޯހަރުގެ ދެ ފިލްމަކުން ސާރާ އަލީ ހާން ފެނިގެން ދާނެ ކަމަށް އޭނާ ބުނެފި އެވެ.

ކަރަން ބުނެފައި ވަނީ ސާރާ އާއި އެކުގައި ދެ ފިލްމެއްގައި މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން އޭގެ ތެރެއިން އެއް ފިލްމެއް ޑައިރެކްޓް ކުރަނީ އެމަޒޯން އާއި ގުޅިގެންނެވެ. އެ ފިލްމުގެ މަސައްކަތް އަވަހަށް ފަށާނެ ކަމަށް ވެސް ކަރަން ބުނެފައި ވެއެވެ.

ސާރާ އާއި އެކުގައި މަސައްކަތް ކުރުމަށް ވަރަށް ބޮޑަށް ބޭނުންވެފައި ކަމަށް ވެސް ކަރަން ޖޯހަރު ބުނެފައި ވެއެވެ. މިއީ ސާރާ ކަރަން ޖޯހަރާއި އެކުގައި މަސައްކަތް ކުރާނެ ފުރަތަމަ ފަހަރެވެ.

އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ކަރަން ޖޯހަރު އެމަޒޯންއާއި އެކުގައި ޑައިރެކްޓް ކުރަން އުޅޭ ފިލްމުން ސާރާ ފެނިގެން ދާނީ މަޖާ ބައެއް ކުޅޭ މަންޒަރު ކަމަށެވެ.

ސައިފް އަލީ ހާން ގެ ދަރިފުޅު ސާރާ ވަނީ ބޮލީވުޑްގައި މިހާރު ގިނަ ފިލްމުތަކެއް ކުޅެފަ އެވެ. އަދި ގިނަ ކާމިޔާބީތަކެއް ވެސް ވަނީ ހޯދާފަ އެވެ.

ކަރަން ޖޯހަރުގެ ދެ ފިލްމުން ސާރާ ފެނިގެންދާނެ ކަމަށް އިއުލާނު ކުރުމުން ސަޕޯޓުން ވަނީ ސާރާއަށް ތަހުނިޔާ ކިޔާފަ އެވެ. އަދި އެ ފިލްމުތައް ބެލުމަށް ކެތްމަދުވެފައިވާ ކަމަށް ދަނީ ބުނަމުން ނެވެ.