އާއްމު ފޮޓޯ އާއި ވީޑިއޯއިން ފެންނަނީ ދެ މީހަކު ކާރެއްގެ މަތީގައި އިށީންދެގެން ތިބޭ ތަނެވެ. މިހާރު އެ މައްސަލަ ވަރަށް ބޮޑުވެއްޖެއެވެ. މިއީ އޮމާންގައި ހިނގި ހާދިސާއެކެވެ.

އޮމާންގެ ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ރޯޔަލް އޮމާން ޕޮލިސް (އާރްއޯޕީ) އިން ޑްރައިވަރަކު ހައްޔަރު ކުރީ އޭނާ ދުއްވި ވެހިކަލްގެ މަތީ ފަސިންޖަރުން ތަކެއް ގޮވައިގެން ދަތުރުކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެގެންނެވެ.

މިހާދިސާ ހިނގާފައިވަނީ ދޮފަރު ގަވަރްނަޓޭގައެވެ.

އާރްއޯޕީގެ މީސް މީޑިއާ ޕްލެޓްފޯމްތަކުގައި ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ދޮފަރުގެ ގަވަރުނަރުގެ ގަވަރްނަޓްގައި ޓްރެފިކް ގަވާއިދުތަކާއި ހިލާފުވެފައިވާކަމަށް ބުނެ މީސް މީޑިއާގައި ވީޑިއޯއެއް އާއްމުވި ވުމާއި ގުޅިގެން ވެހިކަލް ދުއްވަން އިން ޑްރައިވަރު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ ވީޑިއޯއިން ފެންނަނީ ޑްރައިވަރު އޭނާގެ ކާރުގެ މަތީ ދެ ފަސިންޖަރުން އަރުވައިގެން ދުއްވާ މަންޒަރެވެ.

ފުލުހުން ބުނީ، ގަވައިދާ ހިލާފުވާ ފަރާތްތަކާއި މެދު ގާނޫނީ އިޖުރާއަތްތައް ކުރިއަށްދާ ކަމަށެވެ.