އެންމެ ބާރުގަދަ ކަމަށް ދައުވާކުރާ އެމެރިކާ އަސްކަރިއްޔާ އާ ހަނގުރާމަކޮށް އަފްޣާނިސްތާނުގެ ކޮންޓްރޯލް އަތުލިތާ އަހަރެއްހާ ދުވަސް ފަހުން، އުފާ ފާޅުކުރުމުގެ ގޮތުން ތާލިބާނުންގެ ހަނގުރާމަވެރިން އާއިލާއާއެކު ޕެޑަލޯސްގައި އުޅޭ މަންޒަރު ފެންނަ ފޮޓޯތަކެއް އާންމުވެއްޖެއެވެ.

ތާލިބާނުންގެ ހަނގުރާމަވެރިއަކު ހަތިޔާރާ އެކު ހިނިތުންވެލާފައި ހުރި މަންޒަރު

ހަފްތާ ބަންދުގެ މަގުބޫލު މަންޒިލެއް ކަމަށްވާ ބޭންޑް-އޭ-އާމިރު ނެޝަނަލް ޕާކްގެ ކޯރެއްގައި ނަގާފައިވާ މި ފޮޓޯތަކުން ފެންނަނީ ހަތިޔާރު ހިފައިގެން ތިބި ތާލިބާނުންގެ ހަނގުރާމަވެރިންނާއި ކުޑަކުދިން އަދި އަންހެނުން ޕެޑެލް ކުރުމުގައި އުޅޭ މަންޒަރެވެ.

ފޮޓޯތަކުން ފެންނަ ގޮތުގައި އެމީހުން ޕެޑަލޯސްތަކަށް އަރައިގެން ތިބި އިރު ބައެއް ހަނގުރާމަވެރިން ތިބީ ހަތިޔާރުވެސް ހިފަހައްޓައިގެންނެވެ.

ހިނިތުންވެ ވާހަކަ ދައްކަމުން ބައެއް ހަނގުރާމަވެރިން ދިޔައިރު މި މީހުން އެއްވެފައި ތިބީ އަފްޣާނިސްތާނުގެ ގްރޭންޑް ކެންޔަންގެ ގޮތުގައި ސިފަކުރަމުން އަންނަ ކޯރުގައެވެ.

އެގައުމުގެ ފިނިހޫނުމިން 40 ޑިގްރީ ސެލްސިއަސްގައި ހުރި އިރު ބައެއް ހަނގުރާމަވެރިން ކޯރަށް ފުންމާ މަންޒަރުވެސް ފެނެއެވެ.

ތާލިބާނުންގެ މެމްބަރުން ޕެޑާލޯސް އަށް އަރާ މަންޒަރު ބަލަން އާއިލާގެ މީހުން ތިބޭ ތަން މަންޒަރު

އޮގަސްޓް މަހުގެ 13 ވަނަ ދުވަހަށް ތާލިބާނުންގެ ވެރިކަމަށް އަހަރެއް ފުރުނުއިރު އެގައުމުގައި އަންހެނުންތަކެއް ވަނީ އެމީހުންގެ ހައްގުތައް ނިގުޅައިގަނެފައިވާތީ އެ ހައްގުތައް ހޯދުމަށް މި ދުވަހާ ދިމާކޮށް މުޒާހަރާވެސް ކޮށްފައެވެ.

ކާބުލްގައި ހުންނަ އެޑިއުކޭޝަން މިނިސްޓްރީގެ އިމާރާތުގެ ކުރިމަތީގައި 40 ވަރަކަށް އަންހެނުން ވަނީ އެމީހުންގެ ހައްގުތައް ހޯދުމަށް އަޑުއުފުލާފައެވެ.

ތާލިބާނުން ވަނީ މުޒާހަރާ ކުރި ބައެއް މީހުން ހިފައިގެން ތިބި ބެނާތަކާއި ފޯނުތައްވެސް އަތުލައިގަނެފައެވެ.

 

ދީނާ މެދު ތާލިބާނުން ގެންގުޅޭ ތަސައްވުރަށް ތަބާވުމަށް މިދިޔަ އަހަރުގެ ތެރޭގައި، ހާއްސަކޮށް އަންހެނުންނަށް ގިނަ ދަތިތަކެއް ވަނީ އަލުން ތައާރަފުކޮށްފައެވެ.


ތާލިބާނުން ވަނީ އެ މީހުންނަށް ވެރިކަން ލިބުމާއެކު އެމެރިކާއިން ކަށަވަރުކޮށްދިން ކަމަށް ބުނާ އަންހެނުންގެ ހައްގުތައް ފަހަތަށް ޖައްސާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    މުސްލިމުން އުޅެން އަންގަވާފަ އޮތްގޮތަށް އުޅެން ބޭނުން ނުވާ މީހުން މިހާރު ގިނައީތާ. އެހެންނޫންނަމަ އެކުދިން ވީ ޝުކުރުވެރިވާކަށްނު!

    7
    1