ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކޭ ބުނުމުން އެމެރިކަން އެއާލައިންސްގެ ފްލައިޓަކަށް އެ ކުއްޖާ އަރުވަން ދެކޮޅު ހެދި މައްސަލައެއް ފެންމަތިވެއްޖެއެވެ.

އުމުރުން 13 އަހަރުގެ އަންހެން ދަރިފުޅަކީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެކޭ ބުނުމުން ކުއްޖާ އާއި ކުއްޖާއާ އެކު ދަތުރުކުރަން ހަމަޖެހިފައިވާ އާއިލާ ބޯޑިން ފްލައިޓަށް އެރުމަށް ހުރަސް އެޅި ކަމަށް އާއިލާ އާ ހަވާލަދީ ބޭރުގެ ނޫހަކުން ވަނީ ބުނެފައެވެ.

އެމެރިކާގެ ފްލޮރިޑާގެ އޯލަންޑޯ އިން ވާޖީނިއާގެ ރިޗްމޮންޑް އަށް މި މަހުގެ ހަ ވަނަ ދުވަހު ޗާލޮޓް މަގުން އެ އާއިލާ ދަތުރުކުރަމުން ދަނިކޮށް ފުރަތަމަ ފްލައިޓް ދެ ގަޑިއިރަށް ލަސްވުމުގެ ސަބަބުން އެ އާއިލާ އެ ފްލައިޓުން ދަތުރުކުރުމުގެ ފުރުސަތު ގެއްލުނެވެ. ދެން އެ ދަތުރު ފުރިހަމަ ކުރުމަށް އެ އެއާލައިނުގެ އެހެން ފްލައިޓަކުން ޓިކެޓް ލިބެން ހުރުމުން އާއިލާއިން އެ ފްލައިޓުން ދަތުރުކުރުމަށް ނިންމިކަމަށް އާއިލާއިން ބުނެއެވެ.

އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހާ ބުނީ އެމީހުން އެދުނީ ޓިކެޓް ވިއްކާ އެޖެންޓު ފަރާތުން އާއިލާގައި ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކު ހުރުމުން އެ ކުއްޖާ އާއި ކައިރީގައި އާއިލާ މެމްބަރުންނަށް ތިބޭނެ ގޮތް ހެދުމަށެވެ. އަދި ކުއްޖާގެ ބަލި ހާލަތުގެ ސަބަބުން ފްލައިޓްގެ ކުރިން ސީޓެއް ދިނުމަށް ވެސް އެދުނެވެ.

ޓިކެޓް ވިއްކަން ހުރި އެޖެންޓް ވަނީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކު އާއިލާގައި ހުރިކަން އެނގުނު ހިސާބުންނާއި އާއިލާއިން އެދުނު ކަންކަން ނުކުރެވޭނެ ކަމަށް ބުނެ ޓިކެޓް ވިއްކަން ދެކޮޅު ހަދާފައެވެ.

އަންހެން ދަރިފުޅަކީ ފިޓު ޖެހޭ ކުއްޖަކަށްވާ އިރު، އެ ކުއްޖާ އަކީ ބޮލުގެ ބޮޑު ދެ އޮޕަރޭޝަނެއް ކޮށްފައިވާ ކުއްޖެއް ކަމަށާއި ސިކުނޑީގެ ދެ އޮޕްރޭޝަނެއްވެސް ކޮށްފައިވާ ކުއްޖެއް ކަމަށް ބުނުމުންވެސް ފްލައިޓްގެ ކުރިން އަދި އާއިލާގެ މީހަކާ ޖެހިގެންވެސް ކުއްޖާ ބަހައްޓަން ޓިކެޓް އެޖެންޓް ދެކޮޅު ހެދި ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސާސް

    ތިއީ އިންސާނީ ހައްގޭ ކިޔާ ހުޅަނގުގެ މީހުންގެ ހާލަތު..

    11
    1