އިންޑިގޯ ފްލައިޓްއިން ދަތުރު ކުރަން ތައްޔާރުވި މީހެއްގެ މޯބައިލް ފޯނުން ލިބުނު ޝައްކު ކުރެވޭ މެސެޖަކާއި ގުޅިގެން އިންޑިއާގެ މަންގަލޫރް-މުމްބާއީ ގެ ފްލައިޓެއް ހަ ގަޑިއިރަށް ލަސްވެއްޖެއެވެ.

އިއްޔެ ހަވީރު އިންޑިގޯ އެ ފްލައިޓްގައި އިން އަންހެނަކު، ފިރިހެން ފަސިންޖަރެއްގެ ފޯނަށް ލިބުނު މެސެޖެއް ފެނުމުން ކެބިން ކްރޫގެ ސަމާލުކަމަށް އެކަން ގެނެސްފައި ވެއެވެ.

އެ ފްލައިޓް މުމްބާއީއަށް ފުރުމުގެ ހުއްދަ ދިނުމުގެ ކުރިން ހުރިހާ ފަސިންޖަރުންގެ ހުރިހާ ލަގެޖް ރަނގަޅަށް ޗެކްކުރަން ޖެހުނެވެ.

ކްރޫއިން ވަނީ އެއާ ޓްރެފިކް ކޮންޓްރޯލަރާއި ފްލައިޓް ފުރަން ތައްޔާރުވެފައި އޮތް ފްލައިޓް އަނބުރާ ބޭއަށް އައުމަށް އަންގާފައެވެ.

އެ މީހާ ޗެޓް ކުރަމުން ދިޔައީ ހަމަ އެ އެއާޕޯޓުން ބެންގަލޫރާ ފުރަން އޮތް އޭނާގެ ލޯބިވެރިޔާއާއެވެ. އެ މީހުން ކުރީ ކޮން ކަހަލަ މެސެޖްތަކެއްކަން ސާފެއް ނުވެއެވެ. އެ މައްސަލައިގައި އެތައް ގަޑިއިރެއް ވަންދެން އޭނާއާ ސުވާލު ކުރިއެވެ. އެ މީހާއަށް ފަހުން ފްލައިޓަށް އެރުމުގެ ހުއްދަ ނުދިން އިރު، އޭނާގެ ލޯބިވެރިޔާ އަށް ކަރްނާޓަކާއަށްވެސް ނުފުރިފައެވެ.

އެ ބޯޓުގައި ތިބި 185 ފަސިންޖަރުން ވެސް ފަހުން މުމްބާއީއަށް ދަތުރުކުރި ފްލައިޓުން އަނބުރާ ގެންދިޔައީ ބެގޭޖް ރަނގަޅަށް ޗެކްކުރުމަށް ފަހު ހަވީރު 5:00 ގައި ފުރައިގެން ދިޔަ މަތިންދާ ބޯޓްގައެވެ.

ސިޓީގެ ޕޮލިސް ކޮމިޝަނަރު އެން ޝަޝީ ކުމާރު ވިދާޅުވި ގޮތުގައި އެއީ ސެކިއުރިޓީއާ ގުޅޭ ގޮތުން ދެ ރަހުމަތްތެރިންގެ މެދުގައި ދެކެވުނު ރަހުމަތްތެރި މެސެޖް ތަކެއް ކަމަށެވެ. އަދި އެކަމުގައި އެއްވެސް ޝަކުވާއެއް ހުށަހަޅާފައި ނުވާ ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު