އެމެރިކާގެ ނެވާޑާގެ އަންހެނަކަށް މުޅި އަވަށް ގާނޫނީ މިލްކުވެރިއެއްގެ ގޮތަށް ވެގެން ދިޔައީ އެރި އޮޅުމަކުންނެވެ.

ކަންތައް ވީ ގޮތަކީ މިއީއެވެ. އޭނާގެ 594،481 ޑޮލަރުގެ ގެދޮރަށް ފައިސާ ދައްކަން އުޅުމުގެ ތެރޭގައި އޮޅިގެން 50 މިލިއަން ޑޮލަރުގެ އަގުހުރި އިތުރު 84 ގެތައް އޭނާގެ މިލްކްވެރިކަމުގެ ދަށަށް އައިސްފައި ވަނީ "ޓައިޕިންގ" އެރޯއަކުންނެވެ.

ނަން ހާމަނުކުރާ މި އަންހެން މީހާރެނޯގެ އިރުއުތުރުން ސްޕާކްސްއިން ގެއެއް ގަތުމަށް ފައިސާ ދެއްްކީއެވެ.

ނަމަވެސް ވާޝޫ ކައުންޓީގެ އެސެސަރަށް އޭނާ ލިޔެކިޔުންތައް ހަވާލުކުރިއިރު، އެހާ ހިސާބުން ފާހަގަކުރެވުނީ އޮޅިގެން ބޮޑު ކަމެއް ކުރެވިގެން އުޅޭ ކަމަށެވެ. އެއީ އިތުރު 84 ޕްރޮޕަޓީއަކާއި، އާންމު ދެ ޖާގަ އޭނާއަށް ލިބުމެވެ.

ޖުލައި މަހުގެ 25 ވަނަ ދުވަހު ފާހަގަކޮށްފައިވާ އެ ލިޔުންތަކުގައި ބުނެފައި ވަނީ އޭނަގެ މިލްކިއްޔާތުގައި 'ލޮޓް 1 އިން 85 އަށް އޮތް ކަމެވެ. އަދި އިތުރު އާއްމު ދެ ސަރަހައްދެއްގެ އޭ އަދި ބީ އޮތް ކަމެވެ.

ވާޝޫ ކައުންޓީގެ ޗީފް ޑެޕިއުޓީ އެސެސަރ ކޮރީ ބާރކް ގެޒެޓް ނޫހަށް ވިދާޅުވީ، މިކަންތައް މިގޮތަށް ވެގެން ގޮސްފައި ވަނީ ލަސް ވެގަސްގައި ހުންނަ ފާމެއް ކަމަށްވާ ވެސްޓްމިންސްޓާ ޓައިޓަލް އިން ޓައިޕް ކުރުމުގައި އެރި އޮޅުމެއްގެ ސަބަބުން ވެދާނެ ކަަމަށެވެ.

އޭގެ މާނައަކީ ހަމައެކަނި އެންމެ ގެއެއް ގަންނަން ރޭވި އަންހެން މީހާ އަށް ވެސް އެތައް ބައެއްގެ ގޭގެ ވެރިއަކަށް ވުމެވެ.

ކިޔުންތެރިންގެ ހިޔާލު