އިންގްލޭންޑްގައި ކުޅިވަރު ކުޅޭ ދަނޑަކަށް ކުރި ޒިޔާރަތެއްގައި ނެގި ސެލްފީއެއްގެ ފަހަތުން ފެންނަނީ "ޖިންނި އަންހެން ކުއްޖެއް" ކަމަށް ބުނެ، ކުއްޖަކު މި ވަނީ ވަރަށް ބޮޑަށް ބިރުގަނެފައެވެ.

އެގޮތުން ޖުލައި 26 ވަނަ ދުވަހު އުމުރުން 36 އަހަރުގެ އައިޝާ ވިލްސަން-ބެންޓް ގޭގައި ހުއްޓާ އޭނާގެ ދަރިފުޅު ގެބްރިއެލް އަޝްމޯރ، 14އ. އޭނާގެ 12އ. ކޮއްކޮ ކްރިސްޓިއަން އަޝްމޯރ ޓަޔަރުތަކުގެ ޓަވަރެއްގެ ތެރޭގައި އިންދާ ނަގާފައިވާ ފޮޓޯއެއް ފޮނުވިއެވެ.

ކްރިސްޓިއަން އެދުވަހު ހަވީރު ފޮޓޯތައް ސްކްރޯލް ކުރަމުން ދިޔައިރު، އެ ފޮޓޯތަކުން ފޮޓޯއެއް އޭނާގެ ބޯ ކައިރީގައި އެއްޗެއް ހުރިހެން ހީވިއެވެ.

އެއީ ކޮން އެއްޗެއްތޯ ބެލުމަށް ފޮޓޯ އަލިގަދަ ކޮށްލިއެވެ. އަދި ތަންކޮޅެއް ބޮޑުކޮށްގެން ބެލިއެވެ. އޭނާއަށް އެނގުނުގޮތުގައި، އެ ފޮޓޯއިން ފެންނަން ހުރީ އަންހެން ކުއްޖެކެެވެ.

ގޭގައި ހުރި މަންމަ ތުހުމަތު ކުރީ އެ ކުދިން ފޮޓޯތައް އެގޮތަށް އެޑިޓް ކުރީ ކަމުގައެވެ. އެކަމަކު އެއީ އެޑިޓްކޮށްފައިވާ ފޮޓޯއެއް ނޫންކަން އެ ކުދިން ކަށަވަރުކޮށްދިނެވެ.

އެކަމާ މި ދެމީހުންވެސް އުޅުނީ ބިރުންނެވެ.

އެ ފޮޓޯ މިހާރު މީސް މީޑިއާގައިވެސް ވައިރަލް ވިއެވެ. އެއްބަޔަކު ވަނީ މިއީ އެޑިޓްކޮށްފައިވާ ފޮޓޯއެއް ކަމަަށް ބުނެފައެެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޕްޓިން

    ގެރެންޓީ އެޑިޓް އެެއް ... 🤪

    6
    1
  2. ސަނީ

    އިނގިރޭސި ވިލާތުން ތިގޮތައް އަބަދުވެސް ފަހަތުން ޖިންނި ފޮޓޯއަށް ހުއްޓިގެން ހުންނަތަންފެނޭ. އެހެން އެއްވެސް ތާކުން ތިގޮތަކައް ނުފެނޭ

  3. ޢަލީދީދި®

    އެޑިޓެއްހެނެއް ހިއެއްނުވޭ، މީ އަލަށް ވީކަމެއްނަމަ އެޑިޓެކޭކިޔަން މާތާހިރުވީސް.

  4. Anonymous

    ފަހަތުން ފެންނަނީ ކެނެރީގޭ ނަޝީދު.

    2
    1
  5. ކޮޔާ

    ޖިންނިއެއް ފޮޓޮއަކަށް ނަރަނެ