ޗައިނާގެ އޮފީހެއްގައި މަސައްކަތް ކުރަމުން ދިޔަ ފިރިހެނަކު އެތަނުގައި މަސައްކަތް ކުރަމުންދިޔަ އަންހެނެއްގެ ގައިގައި މާ ލޯބިން ބައްދައިގަތުމުން އެއަންހެން މީހާގެ މޭކަށިގަނޑު ބިންދައިގެން ގޮސްފިއެވެ.

މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އަންހެން މީހާގެ މޭކަށިގަނޑުން ތިން ކައްޓެއް ވަނީ ބިންދައިގެން ގޮސްފައެވެ. މިއީ މިދިޔަ އަހަރު ހިނގާދިޔަ ހާދިސާއެއް ނަމަވެސް މީޑިއާތަކަށް މިކަން ފެންމަތިވެފައިވަނީ އަންހެން މީހާ އެމައްސަލައިގައި ބަދަލު ހޯދަން ކޯޓަށް ފޮނުވުމުންނެވެ.

އެގޮތުން އެގައުމުގެ ކޯޓަކުން ވަނީ އެމައްސަލައިގައި އަންހެން މީހާއަށް 10،000 ޔުއާން (1،500 އެމެރިކާ ޑޮލަރު) ދިނުމަށް ފިރިހެން މީހާގެ މައްޗަށް ހުކުމް ކޮށްފައެވެ. ނަމަވެސް ފިރިހެން މީހާ ވަނީ އަންހެން މީހާ ދައްކާ ވާހަކަތައް ދޮގުކޮށްފައެވެ.

މިހާދިސާ ހިނގިގޮތް ރިޕޯޓް ކުރަމުން މީޑިއާތަކުން ބުނީ، އެކަން ހިނގާފައިވަނީ އަންހެން މީހާ އޮފީހުގައި ހުއްޓާ ފިރިހެން މީހާ ގޮސް ބައްދައިގަތުމުން ކަމަށެވެ. އެދެމީހުން ބާރަށް ބައްދައިގަތް ނަމަވެސް އެއީ ލޯބިވެރިން ކަމެއް އެނގިފައެއް ނުވެއެވެ. އެގޮތަށް ބައްދައިގަތުމުން އަންހެން މީހާ ބާރަށް ހަޅޭ ލެވި ކަމަށް ވެސް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

އެކަން އެގޮތަށް ހިނގުމުން ދުވަސްކޮޅެއް ވަންދެން އަންހެން މީހާގެ މެޔަށް ވަނީ ތަދެއް އަރާފައެވެ. ނަމަވެސް ގޭގައި ހުރެގެން އެކި ބޭސްތައް އަންހެން މީހާ ބޭނުން ކުރަން ފެށިއެވެ. އެގޮތަށް ވެސް ރަނގަޅު ނުވުމުން ހޮސްޕިޓަލަށް ގޮސް ނެގި އެކްސްރޭއިން މޭކަށިގަނޑު ބިންދައިގެން ގޮސްފައި ހުރިކަން އަންހެން މީހާއަށް އެނގުނު ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަހިބަދޫ މީހާ

    ކޮންމެވެސް މޮޅުވާހަކައެށް ހަދައިގެންވެސް ތިޔައުލްހެނީ ފާހިސް ކަންކަން އެއީ އާދައިގެ ކަމަކަށް ހަދާ ދަށްކަން.

    2
    4
  2. ލަޑިބެ

    ރާފިޔު އަލަންގިރި ބެދުން އެހާމެ ބާރަށް އަލަގިރީގެ ތިންކަށި ގަޑުވަނީ ބިދިފަ

    1
    2