ރައްޔިތުންް މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު އަނެއްކާވެސް ފިލްމެއް ކުޅެން ފަށައިފިއެވެ.

ރީކޯ މޫސަ މިފަހަރު ފެނިގެން ދާނީ މުހައްމަދު ނިޔާޒް (ޓެޑްރީ) އުފައްދަމުން ގެންދާ ފިލްމް "ލަސްވިޔަސް" އިންނެވެ. ފިލްމުގެ ޝޫޓިންގައި މޫސައާ އެކީ އިއްޔެ ކުރިއަށް ގެންދިޔަ މަސައްކަތްތަކުގެ ފޮޓޯތަކެއް މީސް މީޑިއާގައި ޓެޑްރީ ހިއްސާކޮށްފައިވެ އެވެ.

ޓެޑްރީ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ އޭނާ ފުރަތަމަ ޑައިރެކްޓްކުރި ފިލްމު 1994 ގެ "ދެރިޔާ" އަށް އެތައް އަހަރެއް ފަހުން އަލުން އަނެއްކާ ވެސް "ލަސްވިޔަސް" ގައި މޫސައާ އެކީ މަސައްކަތްކުރެވިއްޖެ ކަމަށެވެ.

ރީކޯ މޫސަ ފިލްމް ޝޫޓިން ގައި - ފޮޓޯ: ޓެޑްރީ
ރީކޯ މޫސަ ފިލްމް ޝޫޓިން ގައި - ފޮޓޯ: ޓެޑްރީ

ޓެޑްރީ ހަދާ ފިލްމުން މޫސަ އަށް ދިން ރޯލަކީ ކޮވިޑްގައި ނިޔާވި އެކްޓަރު ހަސަން މަނިކު (ކޮއްޔަ) ކުޅެން އޮތް ރޯލެވެ. ހަސަން މަނިކަކީ މޫސަގެ ވަރަށް ގާތް ރަހުމަތްތެރިއެކެވެ. "ދެރިޔާގައި މަސައްކަތްކުރި ފަހުން އަނެއްކާވެސް ރީކޯ މޫސަ އާއިއެކީ "ލަސްވިޔަސް" ގައި މަސައްކަތް ކުރެވިއްޖެ. އެންމެ އުފާވަނީ، މޫސަ ތަމްސީލުކުރީ، ކުރިން މަރުހޫމް ކޮއްޔަ ހަސަން މަނިކު އަދާކުރަން އޮތް ރޯލު ކަމުގައިވާތީ. މޫސަ އާއި ހަސަން އަކީ އެމީހުންގެ މެދުގައި ވަރަށް ޒަމާންވީ ގާތްއެކުވެރި ރަހުމަތްތެރިކަމެއް އޮތް ދެމީހުން. ހަސަން ނެތުމުގެ ހުސްކަން މިފިލްމްގައި ފޫބައްދަން އެންމެ އެކަށޭނަ ފަންނުވެރިޔަކީ މޫސަ. ޝުކުރިއްޔާ މޫސަ." ޓެޑްރީގެ ސްޓޭޓަސްގައި ބުނެފައި ވެއެވެ.

ރީކޯ މޫސަ ފިލްމް ޝޫޓިން ގައި - ފޮޓޯ: ޓެޑްރީ
ރީކޯ މޫސަ ފިލްމް ޝޫޓިން ގައި - ފޮޓޯ: ޓެޑްރީ

މޫސަ ޓެޑްރީގެ ފިލްމުގައި އަދާކުރާނީ ކިހައި ދިގު މިނެއްގެ ރޯލެއް ކަމެއް އަދި ސާފެއް ނުވެއެވެ.

މޫސަ އެންމެ ފަހުން ފެނިފައި ވަނީ 2011 ވަނަ އަހަރު ކޮއްޔަ ހަސަން މަނިކު ޕްރޮޑިއުސްކޮށް، ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓް ކުރި "އެ ބައްޕަ" ގެ ހާއްސަ ފެނިލުމަކުންނެވެ.

ޓެޑްރީގެ "ލަސްވިޔަސް" އަކީ ވެސް ދިގުލައިގެން ގޮސްފައި އޮތް ފިލްމެކެވެ. 2017 ވަނަ އަހަރު ޝޫޓިން ފެށި ފިލްމުގެ ޝޫޓިން ނިމިއްޖެ ކަމަށް ޓެޑްރީ މިއަހަރުގެ މާޗް މަހު ވެސް ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ނުރަބޯ

    ކާފައެއްގެ ބަޔޯ ކުޅެނީ. ހެހެހެ.

    9
    1
  2. ހުސޭނުބޭ

    ތި ފިލްމު ފުރިހަމަވާމީ މަރިޔަމް ނިޝާއާއެކު ލޯބީގެ ރޯލެއް އޮތިއްޔާ

  3. ޜާންގޯ

    ބިމު ކުލި ދައްކައިފިތަ ؟
    މުއައްޒަފުންގެ މުސާރަ ދީފިތަ ؟
    ޓެކްސް ދައްކައިފިތަ ؟

  4. ޖޯކް

    މިދާއިރާގަ ހުންނަން ޖެހޭ މީހެއް މިޔޮއްހާ ދުވަހު މަޖްލިސްތެރޭ. ލިބޭލާރިކޮޅާ މަޝްހޫރުކަން ފަޑުވާންފެށީމަ އަނބުރާ ކެމެރާ ކުރިމައްޗަށް.

  5. ޙައްވަ

    ރީކޯ މޫސަފިލްމްކުޅެން ފެށީމާ ވަރަށް އުފާވޭ އަދިވެސް މޫސަކުޅެންވީ ބަތަލްރޯލް އެހާރީތި އުއްމީދުކުރަނީ މޫސަގިނަފިލްމްތަކުންފެންނާނެ ކަމަށް ސާބަސް މޫސަ ކުރިއަށް ގެންދޭ