އަލަތު ދަރިފުޅު އެންމެ ފުރަތަމަ ފަހަރަށް ފެނުމުން ރަންބީރް ކަޕޫރަށް އުފަލުން ގޮސް ރުއިން ނުހުއްޓުނު ކަމަށް އިންޑިއާގެ ނޫސްތަކުގައި ރިޕޯޓް ކޮށްފި އެވެ.

ރަންބީރް ކަޕޫރް އާއި އާލިއާ ބަޓް އެ މީހުންގެ އަލަތު ދަރިފުޅަށް މަރުހަބާ ކިޔާފައި ވަނީ މިދިޔަ އާދިއްތަ ދުވަހުގަ އެވެ.

އެ ދެ މީހުން ގާތް މީހަކާއި ހަވާލާދީ އިންޑިއާގެ ނޫހެއްގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި އާލިއާ ވިހެއުމުން އާއިލާގެ ހުރިހާ މެމްބަރުން އުފަލުން ރުއި ކަމަށެވެ.

އާންމުކޮށް މަޑުން ހުންނަ ރަންބީރު ވެސް ދަރިފުޅު ފެނުމުން ގިސްލަ ގިސްލާފައި ރުއި ކަމަށް މީޑިއާގައި ރިޕޯޓް ކޮށްފައި ވެއެވެ. މީޑިއާގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި ދަރިއަކު ލިބުމުން ރަންބީރު ހުރީ ވަރަށް އުފަލުންނެވެ.

މި އަހަރުގެ އޭޕްރީލް މަހު މުމްބާއީގައި ދިރިއުޅޭ ވަސްތޫގައި ބޭއްވި އިންޓިމޭޓް ރަސްމިއްޔާތެއްގައި މިދެ ތަރިން ކައިވެނިކުރުމަށް ފަހު މާބަނޑުކަން އާލިއާ ހާމަ ކޮށްފައިވަނީ މިދިޔަ ޖޫން މަހު އޭނާގެ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައެވެ.

ކައިވެންޏަށް މާ ގިނަ ދުވަހެއް ނުވަނީސް ބަނޑުބޮޑުވުމާ އާލިއާ އާއި ރަންބީރަށް ގުޅިގެން ފާޑުކިޔުންތައް ވެސް އަމާޒުވިއެވެ. އަދި ދުވަސް ނުފުރައި ވިހެއުމުން ފާޑުކިޔުންތައް ވަނީ އިތުރުވެފައެވެ. ބައެއް މީހުން ބުނާ ގޮތުގައި ރަންބީރާއި އާލިއާ ކައިވެނި ކުރީވެސް ބަލިވެއިނުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެހެންތޭ

    ދެން ފަހެ ދަންނައެވެ. އެބައިމީހުންނަކީ މޮޅެތި އެކްޓަރުންނެވެ. އެބައިމީހުންނަށް އެނގޭނެ އެފަދަ ވަގުތެއްގައި ކުރަންވީ ކޮން އެކްޓެއްކަމާއި އަދި އެ އެކްޓު ކުރުން ނިންމަންވީ ވަގުތުވެސް. އހ

    1
    1