"މިއީ މި ހާދިސާ ކުރިމަތިވި ފަރާތުގެ ދައްތަ ވަގުތަށް ދިން މައުލޫމާތުގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ. މި ވާހަކައިގައި ބޭނުންކޮށްފައިވާ ނަންތަކަކީ އަސްލު ނަންތަކެއް ނޫނެވެ."

އަހަރެން ހީކުރީ ދަރިންނަކީ މައިންބަފައިންގެ ލޮލުގެ ކޮއި ކަމަށެވެ. ނަމަވެސް އަހަރެންގެ މައިންބަފައިންގެ ފަރާތުން ފެނިގެން ދިޔައީ ބަނޑުހައިވެފައި އޮތް ސިންގާއަކަށް ފުއްލާއެއް ފެނުމުން ކަންތައް ކުރާ ގޮތެވެ.

އެއީ މީގެ 12 އަހަރު ކުރިއެވެ. އަހަންނާއި އަހަރެންގެ ކޮއްކޮ ނަދުހާ ދިރިއުޅެމުން އައީ އަހަރެމެންގެ ރަށުގައެވެ. ހައްދުންމަތީގައި އޮންނަ އަހަރެމެންގެ ރަށަކީ މަލަމަތި ރީތި ރަށެކެވެ. އާބާދީ ކުޑަނަމަވެސް ރަށުތެރެއިން ތަރައްޤީގެ ކުލަވަރުތަށް ފެނެއެވެ.

އަހަންނާއި އަހަރެންގެ ކޮއްކޮ ދިރިއުޅެމުން އައީ މައިންބަފައިންނާއި އެކުގައެވެ. ރަށުގެ މެދުތެރޭގައި އަހަރެމެން ދިރިއުޅެމުން އައިގެ ހުރި އިރު އެގޭގައި އަހަރެންގެ އާއިލާ ފިޔަވައި އިތުރު ބަޔަކު ނޫޅެއެވެ.

މަންމައަކީ ސަރުކާރުގެ ވަޒީފާއެއް އަދާކުރަމުން އަންނަ މީހެކެވެ. އަދި ބައްޕައަކީ އަމިއްލަ މަސައްކަތްކޮށްގެން ފައިސާ ހޯދަމުން އަންނަ މީހެކެވެ. މަންމައާއި ބައްޕަގެ ފުރިހަމަ ލޯތްބާއި އެކު އަހަރެމެން ދުވަސްތައް ކަނޑައްތު ކުރަމުން ގެންދިޔައީމެވެ.

ކޮއްކޮ އަކީ އަހަންނަށް ވުރެއް 4 އަހަރު ކުޑަ ކުއްޖެއް ކަމުން މައިންބަފައިން ކޮއްކޮއަށް ދޭ އަހަންމިއްޔަތުކަން ބޮޑެވެ. އަދި އަހަންނަށް ނުދޭ ގިނަ ތަކެތި ކޮއްކޮއަށް ދީ ހަދައެވެ. ނަމަވެސް އެކަމާ އަހަރެން އެއްވެސް ޝަކުވާއެއް ނުކުރަމެވެ. އެއީ އެކަމަކީ އެންމެ ރަނގަޅު ގޮތް ކަމަށް އަހަންނަށް ފެންނާތީއެވެ.

އަދި ބައެއް ފަހަރު ބައްޕަ ނަދުހާ އާއި އެކު އެއްކޮޓަރިއެއްގައި ނިދާވެސް ހަދާނެއެވެ. އެއީ ނަދުހާ ނިދާއިރު ބައްޕަ ކިޔާދޭ ވާހަކަތަކުން ނަދުހާއަށް ނިދަން ފަސޭހަވާތީއެވެ.

އަހަރެން އުޅެނީ ނަދުހާ އުޅޭ ކޮޓަރިއާއި އިންވެގެން އިންނަ ކޮޓަރީއެވެ. އަދި ބައެއް ރޭރޭ އެކަނި އޮންނަން ބިރުގަންނާތީ މަންމަ ކައިރިއަށްވެސް ނިދަން ދަމެވެ.

މިގޮތުގައި ދުވަސްތަށް ފާއިތުވަމުން ދިޔައެވެ. ދުވަސްވަރަކީ އޮފިސް ދަތުރެއްގައި މަންމަ މާލެ ދިޔަ ދުވަސްވަރެކެވެ. އެހެންކަމުން ގޭގައި އުޅުނީ އަހަންނާއި ބައްޕަ އިތުރުން ނަދުހާއެވެ.

މަންމަ މާލެ ދިޔުމުން ބައްޕަ ނިދަނީ ނަދުހާއާއި އެއްކޮޓަރިއެއްގައެވެ. އެއީ ނަދުހާއަކީ އަދި އެންމެ 14 އަހަރުގެ ކުއްޖެއް ކަމުންނެވެ. އެގޮތުން މިރެއަކީވެސް ބައްޕަ ނަދުހާއާއި އެކުގައި ނިދި ރެއެކެވެ.

ކުއްލިއަކަށް އަހަންނަށް ހޭލެވުނީ ނަދުހާ ހަޅޭ ހަވާ އަޑަށެވެ. ބިރުގަނެފައި ހުރެފައި ނަމަވެސް ކޮޓަރިން ނުކުމެ ނަދުހާގެ ކޮޓަރީގެ ތަޅުގައި ހިފީމެވެ. އަހަރެން ތަޅުގައި ހިފުމާއި އެކު ނަދުހާގެ ހަޅޭކުގެ އަޑު ކެނޑުނެވެ. އެހެންކަމުން މާ ބޮޑު ކަމެއް ނުވެއޭ ހިތާ އަހަރެން އެބުރި ނިދަން ދިޔައީމެވެ.

ޖެހިގެން އައިރޭވެސް ކަންތައް ވެގެން ދިޔައީ ހަމަ އެފަދައިންނެވެ. އަހަންނަށް އެރޭވެސް ހޭލެވުނީ ނަދުހާގެ ހަޅޭކުގެ އަޑަށެވެ. އެހެންކަމުން ކޮޓަރިން ނުކުމެ ބަދިގެއިން ގޮޑިއެއް ގެނެސް ކޮޓަރީގެ ފެންލައިޓުން އަހަރެން އެތެރެ ބަލާލީމެވެ. ކޮޓަރީގައި ދިއްލާފައިވާ ރަތްކުލައިގެ ނިދާ ބޮކީގެ އަލީގެ ސަބަބުން މަންޒަރު ސާފު ނުވިޔަސް ނަދުހާއާއި ގަދަކަމުން މީހަކު ގުޅުން ހިންގަމުންދާކަން ކަށަވަރުވިއެވެ. އެ ހިނދު ބޭއިހްތިޔާރުގައި އަހަންނަށް ހަޅޭ ލަވައި ގަނެވުނެވެ. ހަމަ އެވަގުތެވެ. ކޮޓަރީގެ ދޮރު ހުޅުވާލުމަށް ފަހު ނުކުތީ އަހަރެންގެ ބައްޕައެވެ. ހުސް ގަޔާ ހުރި ބައްޕަގެ ހަށިގަނޑު ފެނި އަހަރެން ކުޑަކޮށް ލަދުވެސް ގަތެވެ. ނަމަވެސް އަހަންނަށް އެއްވެސް ފުރުސަތެއް ނުދީ އަހަރެންގެ އަތުގައި ހިފައި ގަދަކަމުން އަހަރެން ކޮޓަރިއަށް ވެއްދިއެވެ.

އަދި ނަދުހާއާއި ބައްޕައާއި ދެމެދު ހިނގާދިޔަ ކަންތައް އެއްވެސް މީހެއްގެ ކައިރީގައި ބުނެފި ނަމަ އަހަންނަށްވެސް އެ ގޮތް ހަދާލާނެ ކަމަށް ބުންޏެވެ. މިއީ ހަމަ އަހަރެމެންގެ ބައްޕަހެއްޔެވެ؟ އަހަރެމެން މިދުނިޔެއަށް އުފަންވީ ބައްޕަގެ އަނިޔާވެރިކަން ތަހައްމަލް ކުރަން ހެއްޔެވެ؟ މިފަދަ އެތަކެއް ސުވާލު ތަކަކުން އަހަރެންގެ ސިކުނޑި ފުނި ޖެހެމުން އަޔެވެ. ބައްޕަގެ އިންޒާރުތަކަށް އެރޭ ފާއިތުވެ ދިޔައެވެ.

އެ ދުވަހުގެ ފަހެވެ. ކޮއްކޮގެ ދިރިއުޅުން ވަރަށް ބޮޑަށް ބަދަލުވިއެވެ. އެކަނި ގިނަ ވަގުތު އިނުމާއި އާދަޔާ ހިލާފަށް ކަންކަމުގައި ބިރުގަތުން ހިމެނެއެވެ. މަންމަ މާލެއިން ރަށަށް އައުމުން މަންމައަށްވެސް އެކަން ފާހަގަވިއެވެ. އެހެންކަމުން ކޮއްކޮއަށް ވެފައި ހުރި ގޮތް ސާފުކުރުމަށް ޑޮކްޓަރަށް ދެއްކިއެވެ.

ޑަކްޓަރީ ރިޕޯޓްތަކުން ހާމަވެފައިވާ ގޮތުގައި ކޮއްކޮގެ ސިކުނޑީގެ މައްސަލަތަކެއް އުޅެއެވެ. އަދި ރާއްޖެއިން ހެދެން ނެތް ޓެސްޓްތަކެއް ހެދުމަށް ރާއްޖެއިން ބޭރަށް ދިޔުމަށް ލަފާއެރުވިއެވެ.

އޭގެ ދުވަސްކޮޅެއް ފަހުން މަންމަ އާއި ނަދުހާއާއި އަހަރެންގެ އިތުރުން ބައްޕަ އިންޑިއާއަށް ދިޔައީމެވެ. އަދި އެ ގައުމުގެ ހޮސްޕިޓަލަކަށް ނަދުހާ ދައްކައި ފަރުވާކޮށް ޓެސްޓްތަކެއް ހެދިއެވެ. އެ ޓެސްޓްތަކުގެ ނަތީޖާއިން ދައްކާ ގޮތުގައި ނަދުހާއަށް ވަނީ މީހަކު ޖިންސީ ގޯނާ ކޮށްފައެވެ. އަދި އެކަމުގެ ސަބަބުން ނަދުހާގެ ޖިންސީ ގުނަވަނަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް ޑޮކްޓަރުން ބުނެއެވެ.

ޑޮކްޓަރުގެ ރިޕޯތްތަކުގެ ނަތީޖާއާއި އެކު މުޅި އާއިލާއަށް ކުއްލި ޝޮކެއް ލިބުނެވެ. ނަމަވެސް އެއީ ހަޤީގަތް އެނގުން މުހިންމު ދަނޑިވަޅެއް ކަމަށް ބަލައި އަހަރެން މަންމައަށް އެވާހަކަތަށް ކިޔާ ދިނީމެވެ. އަދި އަހަރެންގެ ވާހަކަތަށް އަޑުއެހުމަށް ފަހު މަންމަ އާއި ބައްޕައާއި ދެމެދު ޒުވާބެއްވެސް ހިނގިއެވެ. ނަމަވެސް ނަދުހާއަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތަށް ބައްޕަ ކުރީ އިންކާރެވެ. އަދި އެ މައްސަލައިގައި ބައްޕަ މަންމަ އާއި ވަކިވިއެވެ.

އޭގެ ފަހުން މިހާރު އެތަކެއް އަހަރެއް ވެއްޖެއެވެ. މިވާހަކަ މިއަދާއި ހަމައަށްވެސް އޮތީ ސިއްރެއްގެ ގޮތުގައެވެ. ނަމަވެސް ރަށުގެ ބައެއް މީހުންނަށް ތުންތުން މަތިން މިވާހަކަތަށް ވާނީ އަޑު އިވިފައެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ބޮޑު ދެލޯ

    އަނެއްކާ ތި ބައްޕައަކީ އިންޑިޔާގެ ދަރިފަސްކޮޅަކުން އައި ޖަނަވާރެއްނޫންބާ؟!

    • ާއަހުމަދު

      މަށަށްވެސް ހީވަނީ ހަމަ ތިހެން

      • މޮޔަ

        އިންޑިޔާ މީހުން ތަ ހަމަ އެކަނި ރޭޕް ކުރަނީ.... ރާއްޖެ މީހުން މާ ނުބާ....

        • ކަދުރު

          އެކަމެއް ނޭނގޭ؟

  2. މުސްތާގު

    މައްސަލަ ސާބިތު ކުރެވޭނެ ޑޮކްޓަރ ގެ ރިޕޯޓް އާއި ދެކުދިންގެ ހެކިބަހުން، ކޮއްކޮއަށް އިންސާފު ހޯދައިދީ ނުލަފާ ބައްޕަ ދިގު މުއްދަތައް ޖަލައްލާންޖެހޭ

    • ޢަލީ

      ރަނގަޅު ވާހަކައެތް ތިޔަ ވަރުން ސާބިތުވާނެ އިނަސާފު ހޯދާ...

  3. Anonymous

    ތިކުދިން މިހާރު ކައިވެނިކޮށްގެން ދިރިއުޅެމުންދާކަމަށް ބެލެވެނީ، ވީއިރު ތިކުދިން ކައިވެނިކުރިއިރު ވަލީދޭން ބައްޕަ ޙާޟިރުވިތަ؟؟ނޫންނަމަ ވަލީދިނީ ޢައިރުޙާޒިރުގައިތަ؟؟

  4. މީ

    މާތްﷲ ތިކުދިންނަށް ޝިފާ ދެއްވަވާ ހިއްތަކަށް ހަމަޖެހުން ދެއްވަވާށި. އާމީން

  5. ކަހުރަބު

    ދިވެހި މުސްލިމު ބައްޕައެއް. ހުކުރަށްދޭ ބަރާބަރަށް ނަމާދަށްދޭ. ރޯދަ ހިފާ އީދަށްދޭ ހައްޖުވެފަ. ކޮބާ މައްސަލައަކީ؟

    • ޭހިނާ

      ތިވައްތަރަށް އާމުކޮއް އުޅޭނީ ތިޔަކަހަލަ މީހުން. ހީވާކަހަލަ ނަާމާދު ކުރީމަ އެ ހަމަވީއޭ. ތިޔަމީހާ އެހެންމީހެއްގެ ދަރިޔަކާ ނުބެހޭކަން ކިހިނެއް އެގޭނީ. ހަމަ މަރާލަންވީ.

      • ކިޔާ

        އިޚްލާސްތެރިކަމާއި ހުޝޫޢަތްތެރިކަމާއިއެކު ނަމާދުކުރާނަމަ އެފަދަ އަމަލުތަކެއް ނުކުރާނެ.ސަބަބަކީ ނަމާދަކީ ހުތުރުކަން ބޮޑު މުންކަރާތްތަކުންނާއި ފާހިޝް އަމަލުތަކުން ތިމާ ރައްކާކޮށްދޭ އައްޑަނައެއްކަމަށް ކީރިތި ޤުރުޢާނުގަ މާތްﷲ ވަނީ ބަޔާންކޮށްދެއްވާފަ.ދީނުގެ އެހެން އަޅުކަންތައްތައްވެސް ހުރީ ހަމަ މިފަދައިން.

    • ކަރުހަބުގެ ސުވާލުގެ ޖަވާބު

      100 ޙައްޖު ވިޔަސް ދަރިފުޅު ރޭޕް ކުރުން ޙަލާލެއް ނުވާނެ! ޢުންމީދު ކުރަން މައްސަލަ އަކީ ކޮބައިކަން އެނގިއްޖެ ކަމަށް!

    • ކިޔާ

      މައްސަލައަކީ އަމާބުނީތީ ފަރަށްދާ އުސޫލުން ދީނުގައި ހިމެނޭ އަޅުކަންތައްކުރާތީ..އެހުރިހާ އަޅުކަމެއް ކުރާއިރުވެސް ނަފްސަށް އެކަމުން ހެޔޮބަދަލެއް ނައީ އަމަލުތަކުގަ އިޚްލާސްތެރިކަމެއްނެތީމަ.ދީނުގަ ހިމެނޭ ހުރިހާ އަޅުކަންތަކަކީ އިޚްލާސްތެރިކަމާއިއެކު ކުރީމަ އޭގެ ފައިދާ ކުރާނެ އަޅުކަންތަކެއްކަމަށް އަހަރެމެން ހެއްދެވި ފަރާތުންވަނީ އަންގަވައި ބަޔާންކޮށްދެއްވާފަ.މިކަން އަމިއްލަޔަށްވެސް ތަޖުރިބާކުރެވޭނެ.

  6. ޑީ

    މިކަހަލަ މީހުން އެންމެނަށް އިނގެންވާނެ، އެހެން ނޫނީ ދެން މީހަކާ އިނދެ ދަރިން ހޯދާފަ އެކުދިންނާވެސް ބެހޭނެ.

  7. Anonymous

    ޞަަހުދަަ އަން ލިބުނު ގެންލުމުގެ ބަދަލު ކޮބަަ؟

  8. ގުފުފހދ

    ތިފަދަ ނުބައި މީހެއް މުސްކުޅިވީމަ ދެން ކާކު ބަލާނީ މި ބޭ ގަނޑު.. ހަމަ ގައިމުވެސް ދަރިން ބިރުގަންނާނެ މިހާރު މި ބޭ އާ ގާތް ވާ އެހީތެރިކަމުގެ އަތެއް ދޭންވެސް އެދުވަހުން..

  9. ފެއެސއދފފގރގރގ

    ބައްޕަ ހުސް ގަޔާ ހުރި ތަން ފެނުނީމަ ކުޑަކޮށްތަ އަދިވެސް ލަދުގަތީ

  10. މަރީ

    ތިކަން ސިއްރުކޮށްގެންތިބި މީހުންވެސް ކުއްވެރިވާނެ. މިހާރު ކީކޭ ތިކިޔަނީ. ކޮއްކޮއަށް އަނިޔާކުރިރޭ ހުސްގަޔާ ހުރެ ގޮވައިގެން ގެންގޮސް ބިރުދެއްކި ކަމަށް ބުނާއިރު ދައްތަޔަށްވެސް އޮންނާނީ ކުރާނެ ކަމެއް ވިއްޔާ އޮންނާނީ ކޮއްފަ. އެއީ ކްރިމިނަލް ކޭސްތަކަަސްބަލާ އިރު ކަން ވާ ގޮތަކީ. ވީމާ ދައްތަ އެބަ ސިއްރުކުރޭ ދައްތައަށް ކުރި ކަންތައް. އެކަންރތައްވެސް ކިޔާދޭންވާނެ.