ގްރެމީ އެވޯޑް ލިބިފައިވާ ލަވަ ކިޔުންތެރިޔާ އަނީތާ ޕޮއިންޓާ އުމުރުން 74 އަހަރުގައި މަރުވެއްޖެއެވެ.

"މަޝްހޫރު ޕޮއިންޓަރ ސިސްޓަރސް" ބޭންޑްގައި ހިމެނޭ މެމްބަރ އަނީތާ ވަނީ އޭނާގެ ކެރިއަރ ތެރޭގައި މަގުބޫލު ލަވަތަކެއް ހުށަހަޅައިފައެވެ. އޭގެ ތެރޭގައި "ފަޔަރ" އަދި "ޖަމްޕް" ފަދަ ލަވަތައް ހިމެނެއެވެ.

މީގެ އެތައް އަހަރެއް ކުރިން 1973 ގައި ތައާރަފްވި ޑެބިއު އަލްބަމްއިން، އެމެރިކާގައި ނަސްލީ ހަމަނުޖެހުންތަކެއް ހިނގަމުން ދިޔަ ދުވަސްވަރެއްގައި އެއްބައިވަންތަކަން ޕްރޮމޯޓްކުރުމަށް ގޮވާލާފައިވާ ފަންކީ މިއުޒިކް ކަމަށްވާ "ޔެސް ވީ ކެން ކެން" ވެގެން ދިޔައީ އެ އަލްބަމްގެ ބްރޭކްއައުޓް ހިޓް ލަވައަކަށެވެ. މާ ލަސްތަކެއް ނުވެ، 1975 ގައި "ފެއަރީ ޓޭލް" މި ލަވަ ވަނީ މި ބޭންޑަށް އެވޯޑެއް ހޯދާދިނުމުގައި އެހީތެރިވެފައިއެވެ. މި ލިބުނު މޮޅަކީ ދޮން ނަސްލުގެ މީހުން ގިނަ އިންޑަސްޓްރީއެއްގައި ކަޅު ނަސްލުގެ ތަރިންނަށް ވަރަށް ނުލިބޭނެ ފަދަ މޮޅެކެވެ.

އަނީތާގެ ކެރިއަރ ކާމިޔާބު ކެރިއަރއަކަށް ވިޔަސް، އޭނާގެ ޒާތީ ދިިރިއުޅުން މާ އުފާވެރި ދިރިއުޅުމަކަށް ނުވިއެވެ. 2003 ވަނަ އަހަރު އޭނާގެ ހުރި ހަމައެކަނި ދަރިފުޅު ޖާޑާ ޕޮއިންޓަރ ވަނީ ކެންސަރު ބަލީގައި އުމުރުން އެންމެ 37 އަހަރުގައި މަރުވެފއިއެވެ. އެއަށްފަހު އަނީތާ ވަނީ މާމަ ދަރިފުޅު ރޮކްސީ ޕޮއިންޓަރގެ ބަލަދުވެރިކަމާ ހަވާލުވެފައިއެވެ.

ކިޔުންތެރިންގެ ހިޔާލު