ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކެތުރީނާ ބަނޑު ބޮޑު ކަމަށް ދެކެވޭ ވާހަތައް އަނެއްކާވެސް ފެންމަތިވެއްޖެއެވެ.

ކެތުރީނާ އާއި ވިކީ ކައިވެނި ކުރީއްސުރެ ސަޕޯޓަރުން ދަނީ ކެތުރީނާ ބަނޑު ބޮޑު ކަމަށް ބުނަމުންނެވެ. ނަމަވެސް އެ ވާހަކަތަކަށް ކެތުރީނާ އެއްވެސް ޖަވާބެއް ނުދެއެވެ.

އޭނާ އަނެއްކާވެސް ބަނޑު ބޮޑުކަމަށް ދެކެވޭ ވާހަކަތައް ފެންމަތިވެފައި ވަނީ ވިކީ އާއެކު ދިޔަ ޕޫޖާއެއްގެ ތެރެއިން ލާފައި ހުރި ހެދުމަކާ ގުޅިގެނެވެ.

އެ ހަފްލާގައި ކެތުރީނާ ލައިގެން ހުރީ ގަޔަށްދޫ ފެހި ކުލައި ހެދުމެކެވެ. އެ ފޮޓޯތަކަށް ގިނަ ބަޔަކު ބުނެފައިވާ ގޮތުގައި ކެތުރީނާ ބަނޑު ބޮޑުހެން ހީވެއެވެ. އަދި އެކަން އިއުލާނު ކުރާނެ ކަމަށް ވެސް ބައެއް ސަފޯޓަރުން ބުނެފައި ވެއެވެ.

ކެތުރީނާ ކައިފް އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ އިޝާން ޚައްތަރު އާއި ސިދާންތު ޗަތުރްވެދީ އާއެކު "ފޯން ބޫތު" އިންނެވެ. އަދި އެންމެ އަވަހަށް އޭނާ ފެނިގެންދާނީ "ޓައިގަރ 3" އިންނެވެ. އެ ފިލްމްގައި އޭނާ ފެންނާނީ ސަލްމާން ޚާންއާ އެކުގައެވެ.

އުމުރުން 39 އަހަރުގެ ކެތުރީނާ އާއި ވިކީ ކައިވެނި ކުރީ 2021 ވަނަ އަހަރުއެވެ.

ވިކީ އާއި ކައިވެނި ކުރުމުގެ ކުރިން ކެތުރީނާ ވަނީ 2003 ވަނަ އަހަރުގެ ބޮލީވުޑްގެ ރަސްގެފާން ކަމަށް ބުނާ ސަލްމާން ހާން އާއި ލޯބީގެ ގުޅުމެއް ބާއްވާފައެވެ. ނަމަވެސް އެގުޅުން ކުރިއަށް ދިޔައީ އަހަރެއްހާ ދުވަހުއެވެ. އޭގެ ފަހުން 2013 ވަނަ އަހަރު އޭނާ ރަންބީރު ކަޕޫރް އާއިއެކު ވެސް ލޯބީގެ ގުޅުމެއް ބޭއްވިއެވެ.