ޖިމްގައި މަސައްކަތް ކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. ގިނަ މީހުން ޖިމަށް ދަނީ ގަޔަށް ބާރު ހެދުންލައިގެންނެވެ. އެއީ ފަސޭހަ އިން ކަސްރަތު ކުރެވެނީ އެފަދަ ހެދުން ލައިގެން ކަމަށްވާތީއެވެ.

އެކަމަކު، އަންހެނަކު ސާރީއެއް އަޅައިގެން ޖިމްގައި "ވޯކްއައުޓް" ކުރަނިކޮށް ދެކުނިން ހެއްޔެވެ؟

ސާރީ އަޅައިގެން ހުރި އަންހެނަކު ޖިމެއްގައި ކަސްރަތު ކުރަނިކޮށް ނަގާފައިވާ ވީޑިއޯއެއް މީސް މީޑިއާގައި މިހާރު ވަނީ ވަރަށް ބޮޑަށް މަގުބޫލުވެފައެވެ. ވީޑިއޯ އިން ފެންނަނީ ވަރަށް ބޮޑަށް މޭކަޕްކޮށްފައި ހުރި އަންހެނަކު، ފިޔާތޮށި ކުލައިގެ ސާރީއެއް އަޅައިގެން ޖިމްގައި ހަރަކާތްތެރިވާ މަންޒަރެވެ.

https://www.youtube.com/shorts/haDx8tHmny4

މެދު އުމުރުގެ އެ އަންހެން މީހާ ހުރީ ޖޮގިން ބޫޓަކަށް ވެސް އަރައިގެންނެވެ. މި ވީޑިއޯ އިންސްޓަގްރާމްގައި އާންމުކޮށްފައި ވަނީ ފިޓްނަސް ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ރީނާ ސިންގް ނަމަކަށް ކިޔާ މީހެކެވެ. އޭނާއަކީ ތަފާތު އެކިއެކި ވޯކްއައުޓްތަކުގެ ވީޑިއޯތައް ހިއްސާ ކުރާ މީހެކެވެ.

މި ވީޑިއޯއަށް މިހާތަނަށް އައިއިރު މިލިއަނަކަށް ވުރެ ގިނަ ލައިކްސް ވަނީ ލިބިފައެވެ. އަދި މި ވީޑިއޯ 33 މިލިއަނަށް ވުރެ ގިނަ ފަހަރު ބަލާފައިވެއެވެ. އެ ވީޑިއޯގެ ކެޕްޝަންގައި ޖަހާފައި ވަނީ "މިއީ ފެށުމެއް" ކަމަށެވެ.

އެ ވީޑިއޯގައި އަންހެން މީހާ ތަފާތު ކަސްރަތުތައް ކުރަމުން އަންނަ މަންޒަރު ފެނެއެވެ.

މި ވީޑިއޯ އާންމުވުމާ ގުޅިގެން ބައެއް މީހުންގެ ފަރާތުން ވަރަށް ތަފާތު ހިޔާލުތައް އައިސްފައިވެއެވެ. އެއް ބަޔަކު ވަނީ އަންހެން މީހާގެ ހިތްވަރަށް ވަރަށް ބޮޑަށް ތައުރީފްކޮށްފައެވެ. އަނެއް ބަޔަކު ވަނީ ސާރީގައި މިގޮތަށް ކަސްރަތު ކުރާ ނަމަ، ފައިދާއެއް ކުރާނެތޯ ސުވާލުކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މުބީނު މާރނީ

    ސަޅި.

    3
    1
  2. ފިންކީސް

    ދިވެހިއަންހެނަކަށް ނުކުރޭނެ ލިބާހާ ކަނޑިކީގާ ޖިމަށް ދާކަށް.