އިންޑިއާގައި ގެރިއަކީ ވަރަށް މުގައްދަސް ޖަނަވާރެކެވެ. ބައެއް ހިންދޫ މީހުން ގެރިއަށް އަޅުކަން ވެސް ކުރެއެވެ. ގެރިއެއް އިންޑިއާގެ މަގުމަތިން ފެނުމަކީ އާދަޔާ ޚިލާފު މަންޒަރެއް ނޫނެވެ. ނަމަވެސް މިފަހަރު ފޭސްބުކްގައި ދައުރުވީ ވީޑިއޯއަކުން ފެންނަނީ އިންޑިއާގެ އައްސާމްގައި ހެދުން ވިއްކާ މޯލްއަކަށް ގެރިއަކު ވަދެގެން މުޅި ތަނުގައި އެ ޖަނަވާރު އެނބުރުމުން އެ މޯލްގެ މުވައްޒަފުން ބިރުން ދުވެ ފިލާ މަންޒަރެވެ.

މި ވީޑިއޯއަށް މީސް މީޑިއާގައި ވަރަށް ބޮޑު މަގްބޫލުކަމެއް ވަނީ ލިބިފައެވެ.

މުވައްޒަފުންތައް ދޮރާ ދިމާއަށް ދުއްވައިގަތަސް، ގެރި ހަމަޖެހިލައިގެން މުޅި މޯލްގައި ވަށާލާލާފައިދާ ތަން މި ވީޑިއޯ އިން ފެނިގެންދެއެވެ. އަދި އެންމެ ފަހުން މޯލްގެ ދޮރާ ދިމާލަށް ހިނގައިގަތް ހިސާބަށް ވީޑިއޯ ނިމެއެވެ. އެހެންކަމުން، މި ގެރި އެތަނުން ބޭރުކުރީތޯ ނުވަތަ އޭތި އަމިއްލައަށް ފިހާރައިން ބޭރަށް ނުކުތީތޯ ވީޑިއޯ ބަލަން ތިބި މީހުންނަށް އެނގޭނެ ގޮތެއް ނުވިއެވެ.

ޖަނަވާރުންތަކުގެ ހެއްވާ މަޖާ ވީޑިއޯތައް މީގެ ކުރިންވެސް މީސް މީޑިއާގައި އާންމުވެފައި އެބަ ހުއްޓެވެ. މީގެ ދުވަސްކޮޅެއް ކުރިން، ދެ ގެރި މަގުމަތީގައި ތަޅާ ވީޑިއޯއެއްވެސް މީސް މީޑިއާގައި އާންމުކޮށްފައެވެ. މި ވީޑިއޯގައި އަޖައިބުވާ ކަމަކީ މަގުމަތިން ތަޅަން ފެށި މި ދެ ގެރި އެންމެ ފަހުން ފިހާރައަކަށް ވަދެ ވެސް އެކަން ކުރަން ފެށީމައެވެ. ނަތީޖާއެއްގެ ގޮތުން، ފިހާރައިގެ ސޭޓަށް ލިބުނީ ކުއްލި ސިހުމެކެވެ. އަދި ފެން ޖަހައި އެ ދޭތި ބޭރުކުރެވޭތޯ ވެސް ފިހާރައިގެ ސޭޓު މަސައްކަތް ކުރިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މުހައްމަދު

    ފިހާރައަށް ބަރަކާތް ތިވަނީ.. ދެން ކަސްޓަމަރުން ނުވަނަސް ރުފިޔާ ވަތްގަނޑު ހުޅުވާ ލައްޕާއިރު އިންނާނީ ފުލްވެފަ ކަންނޭގެ.

    10
  2. އަހައްމަދޫ

    އިޓް ހެޕަންސް އޮންލީއިން އިންޑިޔާ

  3. ދަރަނި ދަންތުރަ

    އެމީހުންގެ ގެރިކަލާންގެ އޯޑަރުކުރި އެއްޖެހި ނުފޮނުވީމަ ރުޅިގަދަވެގެން ފިހާރަޔަށް ތިޔައައީ ކިހާވަރެއް ކޮށްލާނެބާ ..