ކުރީގެ ބަތަލާ ސޯމީ އަލީ އަކީ، ބޮލީވުޑްގައި ފިޔަޖަހަމުން އަންނަ މަޝްހޫރު ތަރިންގެ ތެރޭގައި ހިމެނޭ ސަލްމާން ޚާންގެ ކުރީގެ ލޯބިވެރިޔާ އެވެ.

ސޯމީ އާއި ސަލްމާން އާ ދެމެދު އޮންނަ އަނިޔާވެރި ގުޅުމުގެ ވާހަކަ އޭނާ ދައްކަމުން އަންނަތާ ދުވަސްތަކެއް ވެއްޖެއެވެ.

އޭނާގެ ޝޯގައި އެ ވާހަކަ އަނެއްކާވެސް ވަރަށް ތިލަކޮށް އޭނާ ވަނީ ދައްކާފައެވެ.

ސޯމީ ބުނި ގޮތުގައި އޭނާ ސަލްމާން އާއެކު ހޭދަކުރި އަށް އަހަރަކީ އޭނާގެ މުޅި ދިރިއުޅުމުގެ އެންމެ ނުބައި ދުވަސްތަކެވެ.

ސޯމީ ބުނިގޮތުގައި އެތައް ކަމަކާއި އަބަދުވެސް ދެބަސްވުމުގެ އިތުރުން އަބަދު ވެސް، ސަލްމާން އޭނާއާ ދިމާލަށް އޭނާ އަކީ ހުތުރު، މޮޔަ އަދި މަންމަން މީހެއް ކަމަށް ބުނެ ބަސްތައް ރައްދު ކުރާ ކަމަށް އޭނާ ބުނެފައި ވެއެވެ.

ލޯބިވެރިޔާގެ ގޮތުގައި އެތައް އަހަރެއް ވަންދެން އާންމުންގެ ތެރޭގައި ސަަލްމާން އޭނާ ބަލައި ގަނެފައި ނުވާ ކަމަށާއި އެންމެ ފަހުން އޭނާ އެކަން ކުރުމުން ރައްޓެހިންގެ ކުރިމަތީގައި އޭނާއަށް އިހާނެތިކޮށް، އަނިޔާ ކުރި ކަމަށްވެސް ސޯމީ ބުނެފައި ވެއެވެ.

ސޯމީ އިތުރަށް ބުނީ ސަލްމާން އޭނާއާ މެދު އަމަލުކުރާ ގޮތުން، އެ ދެ މީހުންގެ ގުޅުމުގެ ބޭރުން ކަންކަން ކުރަން އޭނާ ހިޔާރު ކުރި ކަމަށެވެ. ނަމަވެސް ސަލްމާނަށް މިކަން އެނގުމުން ބޭވަފާތެރި ވެވޭނީ ހަމައެކަނި ފިރިހެނުންނަށް ކަމަށާއި އަންހެނުންނަށް އޮޅުވާ ނުލެވޭނެ ކަމަށް ސަލަމްނާ ބުނި ކަމަށް ސޯމީ ބުނެފައި ވެއެވެ.

އަދި އެކަމާ ސަލްމާން އޭނާގެ ގައިގައި ޖެހި ކަމަށްވެސް އޭނާ ކިޔާދީފައި ވެއެވެ. އަދި ސަލްމާންގެ ފަރާތުން ޖިންސީ އަދި ޖިސްމާނީ އަނިޔާތައް ކުރިމަތިވި ކަމަށް އޭނާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މުބީނު މާރނީ

    ސަލްމާން ވީއްލާ ނުލަނީ ކާކު ގައިގަ ތަ؟ އައިޝްވަރްޔާ ގައިގައި ވެސް އިލޮށިފަތިން ތަޅާތަޅާ ހަފުސް-ކުރި.

  2. ހުސޭނުބޭ

    ޗަކޮޔާ ........ ރައްޓެހިވެގެންއުޅޭއިރު ޖަހާންވެސް ޖަހާނެ. ދަތްވެސްއަޅާނެ. ވަކިވެސްއަޅާނެ. އެއީ ލޯބިން. ރުޅިވީމާ އެއީ ބޮޑުކަމަށް ހަދައިގެން އެވާހަކަ ގޮވާނެ

    11
    4
  3. Anonymous

    މީގެ ދެތިން އަހަރު ކުރިން މަގޭ ރައްޓެއްސަކާއި ދިމާލަށް އެއްޗެކޭ ބުނެވުނު