އިނގިރޭސި ވިލާތުގެ އުޑުމަތިން ފެނުނު ގިނަ ހިލައަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.

މި ގިނަހިލައިގެ ސަބަބުން އުޑުމަތި ދިއްލާލި އިރު، އިންގްލެންޑްގެ ތަރި ބަލާ މީހުން ތިބީ ހައިރާންވެފައެވެ. މި ހިލަ ލަންޑަން، ސަސެކްސް، ވިލްޝައިއާ، ހޭމްފްޝާ، ދޯސެޓް އަދި ޑެވަން އަށް ފެނިފައިވެއެވެ. ބައެއް ރިޕޯޓްތަކުން ބުނެފައިވަނީ ވުލްވާ ހޭމްޕްޓަން އަދި ބާމިން ހޭމްއަށްވެސް މި ގިނި ހިލަ ފެނިފައިވާ ކަމަށެވެ.

މި ހިލަ ފެނިފައިވަނީ އެ ތަނުގެ ގަޑިން ރޭގަނޑު އަށެއް ޖެހިއިރުއެވެ. ނަގާފައިވާ ވީޑިއޯތަކުން ފެނިގެންދަނީ އެ ހިލަ ދަތުރު ކުރަމުން ގޮސް އަލި މަޑުވާ ތަނެވެ.

މެޓް އޮފީހުން ޓްވީޓް ކޮށްފައިވަނީ ގިނި ހިލައެއް ދަތުރު ކުރި ހަބަރު ލިބިފައިވާ ކަމަށެވެ.

ތަރި ބަލަން އުޅުނު މީހަކު ބުނެފައިވަނީ އޭނައަށް ހީވީ ދުނިޔެ ނިމެން އުޅެނީ ހެން ކަމަށެވެ. އޭނާ އަށް ފެނުނީ އުޑު މަތިން އޮރެންޖް ކުލައިގެ ވަރުގަދަ އައްޔެކެވެ.

އެމީހާ ފުރަތަމަ ހީކުރީ އެއީ ބަޑި ބޭހުގެ ކުޅިވަރެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ސެޓްލައިޓް