އިންޑިޔާއަކީ ދުނިޔޭގެ އެންމެ ބޮޑު ފިލްމް އިންޑަސްޓްރީއެވެ. ހިންދީ ފިލްމު އަދި ޑްރާމާ ސީރިއަލްތައް ކުޅޭ މީހުންނަށް އެމީހުންގެ ހުނަރު ކާމިޔާބީއާއި މަޝްހޫރުކަން ގެނެސްދެއެވެ. އެހެން ނަަމަވެސް އިންޑިޔާގެ މި ބަތަލާ ޢާންމުންގެ ތެރޭގައި މަޝްހޫރުކަން ހޯދާފައިވަނީ އޭނާގެ އެކްޓިންގ ހުނަރުތަކުގެ ސަބަބުން ނޫނެވެ. 25 އަހަރުގެ ބަތަލާ އުރްފީ ޖާވެދްއަށް ޢާންމުންގެ ތެރޭގައި މަޝްހޫރުކަން ލިބުނީ އޭނާ ލައި އުޅޭ ނިވާކަން ކުޑަ ހެދުމުގެ ސަބަބުންނެވެ.

ބޮލީވުޑްގެ ރީތި ތަރިން ގިނަ ފަހަރާއި ހަށިގަނޑުގެ ވަނާތައް ހާމަވާ ހެދުންތައް ލައި އުޅެެއެވެ. އެކަމަކު، އުރްފީ ވަނީ ނިވާކަން ކުޑަ ހެދުން ލުމުގެ އެހެން އެންމެނަށްވުރެ އުހުގައިއެވެ. އިންޑިޔާގެ ނޫހަކަށް އެންމެ ފަހުން އުރްފީ ވަނީ މިކަމުގެ ސަބަބު ހާމަކޮށްދީފައިއެވެ.

އުރްފީ ބުނާގޮތުން ނަމަ، އޭނާ އަކީ ފޮއްޗަށް އެލާޖިކް ވާ މީހެކެވެ. އޭނާ ވަނީ މިވާހަކައަށް ވާގި ދިނުމުގެ ގޮތުން އޭނާގެ ފައިގައި ނަގާފައިވާ ބޮޑެތި ބިހިތަކުގެ ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާކޮށްފައިއެވެ. އުރްފީ ބުނީ އޭނާގެ ފައިގައި ވޫލް ހެދުމެއް ޖެހުމުން ވަރަށް ބޮޑަށް ގައި ހިރުވާފައި ވަރުގަދަ އެލާރޖިކް ރިއެކްޝަންއެއްގެ އަސަރު ހަންގަނޑަށް ކުރުވާ ކަމަށެވެ.

'އަހަންނަށް އެންމެ މިނެޓަކަށް ހެދުން ލުމުންވެސް އުނދަގޫތައް ކުރިމަތިވޭ. މި ފޮޓޯތައް ބަލާލުމުން މިހާރު ތިމީހުންނަށް ވިސްނެން ޖެހޭނެ އަހަރެން ކުރު ހެދުން ލަނީ ކީއްވެގެންކަން. މި ނޫން ދެވަނަ ގޮތަކަށް އަހަރެން ފެނުން ނާދިރު" އުރްފީ ބުނެފައިވެއެވެ.

އޭނާގެ ހެދުން އެޅުމުގެ ސްޓައިލްއަށް ފާޑުކިޔާ ނުރުހުން ފާޅުކުރާ މީހުން މަދެއް ނޫނެވެ. އޭގެ ތެރޭގައި ބީޖޭޕީ ޕާޓީ މިޙުންވެސް ހިމެނެއެވެ. މީގެ އިތުރުން، ނިމިދިޔަ އަހަރުގައި އޭނާ ވަނީ ޢާންމުންގެ ފަރާތުން ޖިންސީ ފުރައްސާރަކުރުމާއިވެސް ކުރިމަތިލާން ޖެހިފައިއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ތަކުރު

    މީ ޓޫ ގައި ހުރުވަނީ

    2
    5
  2. ނަމަ

    އުރްފީ ޖާވެދް ބަރަހަނާ ހާލުގަ ހުރުން ބުއްދިވެރީ އެހެއްވިއްޔާ

    18
    1
  3. ހުކުމް

    އަލިފާނަށް އެލާޖިކް ވާލެއް މާ އަވަސްވެފަ ވާ އަނިޔާވެސް ބޮދުވާނެ...ނަރަކައިގެ އަލިފާނުން ﷲ ގެ އަޒާބަށް ކެއްކޮށްލެވޭނެ އެކަކުވެސް ނުވޭ.

    46
    1
    • Anonymous

      ދެން އެހެންވީއިރު ހެދުމެއް ނުލާ އުޅުނިއްޔާ މާ ރަނގަޅުވާނެތާ! މައްސަލައަކީ އެމީހުން އިންސާނީ ޙައްޤުތައް އަމިއްލައަށް ކަނޑައަޅާއިރު ހެދުން ނުލާ އުޅުމުގެ މިނިވަންކަމެއް ނެތް.
      ފަހު ޒަމާނުގައި ހެދުންލައިގެން އޮރިޔާމުން އުޅޭ އަންހެނުންތައް އަންނާނެ ކަމާއި އެމީހުންގެ މަޤްސަދާއި އެމީހުންނަށް ސުވަރުގޭގެ ވަސްވެެސް ނުލިބޭނެކަން މީގެ ސާދަސައްތަ އަހަރު ކުރިން ކީރިތި މާތް ނަބިއްޔާ ޞައްލަﷲޢަލައިހި ވަސައްލަމްގެ ދޫފުޅުން ވަނީ ޚަބަރުކުރައްވާފައި.

      19
      1
  4. ހާމިދު

    ފޮއްޗަށް އެލާޖިކް ވާނަމަ އެއްވެސް އެއްޗެއް ނުލާދޯ ހުންނާނީ..

    30
    1
  5. ކަލޯ

    މީގެ ކުރީގަ އޭނަ ހެދުން ލައިއުޅުނީ އެހެނެއް ނޫން. އޭރު އެލާޖިކެއް ނުވޭބާ؟؟

    33
    1
    • ޗަކޮއި

      ބޮޑުވީމަ އެލާޖިކްވާންފެށީ.

      27
      2
  6. ގުެދފު

    އޭނާ އެހެން އުޅެނީ ލަދުހަޔާތް އަރުއްވައި ގަނެފަ ހުރީމަ..ކިރިޔާވެސް ލަދެއް ހަޔާތެއް ހުރި މީހަކު އެހެންނެއް ނޫޅޭނެ.

    26
    1
  7. ހަހަހެހެހޮހޮ...

    އެހެންތަ؟ ދެންކީވެއޯ ނިވާކަން ކުޑަކޮއްވެސް ހެދުން އަޅައިގެން ތިޔައުޅެނި؟ އޮރިޔާމުން އުޅޭށެބުނޭ.

    17
    1
  8. ބާގާބަން

    ރާއްޖޭގަވެސް އުޅޭ ބުރުގާނަގަން ބޭނުން ވީމަ އެލާޖިކްވެގެން އުޅޭ މީހުން އެ ގެން އެކަމު އެޅޭނެ އެމްޑީޕީގަ