ބޮލީވުޑްގެ މަޝްހޫރު ބަތަލާ އަނުޝްކާ ޝަރުމާ އާއި އޭނާގެ ފިރިމީހާ އަދި މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ވިރާތު ކޯލީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ވިރާތު ރާއްޖޭގައި ނަގާ ފޮޓޯއެއް މިހާރު ވަނީ އިންސްޓްގްރާމްގައި ވެސް އާންމުކޮށްފައެވެ.

ނަމަވެސް އެއީ ކޮން ރިސޯޓެއްގައި ނަގާފައިވާ ފޮޓޯއެއް ކަމެއް ބުނެފައެއް ނުވެއެވެ.

އެ ފޮޓޯއިން ފެންނަނީ ރިސޯޓެއްގެ ގޮނޑުދޮށުގައި ހުރި މޭޒެއް ކައިރީގައި ދެ މީހުން ފޮޓޯއަކަށް ހުއްޓިގެން ތިބޭ ތަނެވެ. އެ ދެ މީހުންގެ ދަރިފުޅު އެ ފޮޓޯއަކުން ނުފެނެއެވެ.

މީގެ ކުރިން ވެސް ވިރާތު އާއި އަނުކްޝާ ރާއްޖެ އައިސްފައި ވެއެވެ. އަދި އެ ދެ މީހުން ރިސޯޓުގައި ބައިސްކަލު ދުއްވާތަން ފެންނަ ވީޑިިއޯތައް ވައިރަލްވެފައިވެއެވެ.

ވިރާތުގެ ދެމަފިރިންގެ އިތުރުން ބޮލީވުޑްގެ އެތައް ފަންނާނުންނެއް ދޭތެރެ ދޭތެރެއިން ރާއްޖެ އާދެެއެވެ.

އެތައް އަހަރެއް ވަންދެން ރައްޓެހިވެގެން އުޅުމަށްފަހު ވިރާތުގެ ދެމަފިރިން ކައިވެނި ކުރީ 2017 ވަނަ އަހަރުގައެވެ. ދެމީހުން ވަނީ މުމްބާއީ ގަޔާއި ދިއްލީގައި ބޮޑު ދެ ޕާޓީވެސް ބާއްވާފަ އެވެ.

އަދި އެ ދެ މީހުންގެ އަންހެން ކުއްޖަކުވެސް ހުރެއެވެ.

އަނުކްޝާ ހިމެނެނީ އިންޑިއާގައި ފިލްމު ކުޅެގެން އެންމެ ބޮޑު އާމްދަނީއެއް ހޯދާ އެއް ތަރީގެ ގޮތުގައެވެ. އަދި ވިރާތަކީ އިންޑިއާގެ އެންމެ ކާމިޔަބު ކްރިކެޓް ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ. އަދި އޭނާއަށް ކްރިކެޓްގެ އިތުރުން ބޮޑެތި ބްރޭންޑްތައް އިޝްތިހާރުކޮށްދީގެން ވެސް ވަރަށް ބޮޑު އާމްދަނީއެއް ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަނަމް

    އަޅެ ވީރޫ