ތެލީވުޑްގެ މަޝްހޫރު ބަތަލާ ތަމަންނާ ބާޓިއާ އާއި ވިޖޭ ވަރުމާ ރައްޓެހިވެގެން އުޅޭ ކަމަށް އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފި އެވެ.

ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ އިންޑިއާގެ ނޫހެއް ކަމަށްވާ ބޮލީވުޑް ނިއުސްގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ތަމަންނާއި އާއި ވިޖޭ މިހާރު އުޅެނީ ރައްޓެހިވެގެންނެވެ. އެ ދެ ތަރިން އެކުގައި ވަރަށް ގިނައިން ފެންނަ ކަމަށް ވެސް ރިޕޯޓްކޮށްފައި ވެއެވެ.

އެގޮތުން އެންމެ ފަހުން އެ ދެ މީހުން ފެނިގެން ގޮސްފައިވަނީ މުމްބައީގައި ބޭއްވި އެވޯޑް ހަފްލާއެއްގަ އެވެ. އެ ހަފްލާގައި ދެ މީހުން އަތުގައި ހިފައިގެން އުޅުނު ކަމަށާއި އެކުގައި ފޮޓޯވެސް ނެގި ކަމަށް ރިޕޯޓްކޮށްފައި ވެއެވެ.

ތަމަންނާއި އާއި ވިޖޭގެ ޖޯޑު ގިނަ ބަޔަކަށް ވަނީ ކަމުގޮސްފަ އެވެ. އެ ދެމީހުން އެކުގައި ވަރަށް ގުޅޭ ކަމަށް ފޭނުން ދަނީ ބުނަމުންނެވެ.

ދެ މީހުން ރައްޓެހިވެގެން އުޅޭ ވާހަކަތަކަށް ތަމަންނާއާއި ވިޖޭ އަދި އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.

ތަމަންނާއަކީ ބޮލީވުޑުގެ ކާމިޔާބު ބައެއް ފިލުމު ތަކުގައި ވެސް މަސައްކަތް ކޮށްފައިވާ ފަންނާނެކެވެ. މިގޮތުން ''ބާހުބަލީ: ދަ ބިގިނިން''، ''އެންޓަޓެއިންމަންޓް''، ''ބާހުބަލީ: ދި ކަންކުލޫޝަން''، ''ހިންމަތުވާލާ''، ''ކޭޖީއެފް: ޗެޕްޓަރ 1''، ''ފަން އެންޑް ފްރަސްޓްރޭޝަން''، ''ހަމްޝަކަލް'' ފަދަ ފިލުމުތައް ހިމެނެއެވެ.

ތަމަންނާވަނީ ބޮލީވުޑު ފިލުމުގެ އިތުރުން ތެލެގޫ އަދި ތަމަޅަ ފިލުމުތަކުގައި މަސައްކަތް ކޮށްފައެވެ. އަދި ކުރު ފިލުމުތަކާއި ވެބް ސީރީޒްތައް ވެސް ކުޅެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު