އިންޑިއާގެ ޕައިލެޓަކު އޭނާގެ ބައްޕަ ގޮވައިގެން މަތިންދާ ބޯޓުގައި ކުރި ދަތުރެއްގެ މަންޒަރު ވައިރަލް ވެއްޖެއެވެ.

ވައިރަލްވެފައިވަނީ އަންހެން ޕައިލެޓަކު އޭނާގެ ފުރަތަމަ ދަތުރު ފެށުމުގެ ކުރިން ބައްޕަގެ ފައިގައި އަތްލައި އިހްތިރާމް އަދާ ކުރާ އަންޒަރެވެ.

އެ ޕައިލެޓް އޭނާގެ ދަތުރުގައި ބައްޕަ ބައިވެރިކޮށް ދަތުރުކުރަން ފެށުމުގެ ކުރިން އިހްތިރާމް އަދާ ކުރުމުން އޭނާގެ ބައްޕައަށް އުފަލުން ރޮވޭ މަންޒަރު ވެސް އެ ވީޑިއޯއިން ފެނެއެވެ.

އެ ވީޑިއާއަށް ހަތް މިލިއަނަށްވުރެ ގިނަ ވިއުސް ލިބިފައިވާއިރު ފަސް ލައްކައަށްވުރެ ގިނަ މީހުން ވަނީ ވީޑިއޯއަށް ލައިކޮށްފައެވެ.

ވީޑިއޯ ބެލި ބައެއް މީހުން ބުނެފައިވާ ގޮތުގައި މައިންބަޕައިން ދަރިން ބޮޑު ކުރަނީ ފޮނި އުންމީދުތަކަކާ އެކުގައި ކަމަށާއި މިއަދު އެ ޕައިލެޓްގެ ބައްޕައަށް ހެޔޮ ގޮތުގައި ދަރިއަކު ބޮޑުކުރުމުން އެކަމުގެ ފޮނިކަން ދަނީ ލިބެމުން ކަމަށެވެ.

އަދި ޕައިލެޓަކަށް ވެގެން އައިއިރު ވެސް މައިބަޕައިންނަށް އިހްތިރާމް ކުރުމުން ގިނަ ބަޔަކު ވަނީ އަންހެން ޕައިލެޓަށް ވެސް ތައުރީފް ކޮށްފައެވެ.

އެ ވީޑިއޯ ބަލާއިރު ރޮވުނު ކަމަށާއި އެ ކަހަލަ މަންޒަރުތައް ފެނުމުން ވަރަށް އުފާވާ ކަމަށް ވެސް އެ ވީޑިއޯއަށް ކޮމެންޓްކޮށްފައިވާ އެހެން މީހަކު ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު