ރީތި އަންހެނަކު ބޮޑު އަގު ދީފައި ޖިމަށް ދާނެ ހަށިފާރަވެރިއަކު ހޯދުމުގެ މަސައްކަތް ފަށައިފިއއެވެ.

އެމެރިކާގެ އެރިޒޯނާ ގައި ދިރިއުޅޭ 37 އަހަރުގެ މޮނީކާ ހަލްޑްޓް ބުނާގޮތުގައި އޭނާ ހަފްތާއަކު ފަސް ފަހަރު، ޖިމަށް ދާއިރު، ކޮންމެ ފަހަރަކުވެސް ފިރިހެނުން އޭނާއާ ވާހަކަދައްކާ، ފޯނު ނަމްބަރު ހޯދަން މަސައްކަތް ކުރެއެވެ.

އިންސްޓަގްރާމުގައި ތިން ލައްކައަށްވުރެ ގިނަ ފޮލޯވަރުން ތިބޭ މޮނިކާ ބުނެފައިވަނީ މީހުންނަށް އޭނާ ރީތިވުމުން އުފާވާކަމަށެވެ. ނަމަވެސް ޖިމުގައި ކަސްރަތު ކުރާ ގަޑީގައި މީހުން އޭނާއަށް އުނދަގޫ ކުރާކަށް މޮނިކާ ބޭނުމެއް ނުވެއެވެ. މޮނިކާ ބުނެފައިވަނީ ޖިމުގައި ކަސްރަތު ކުރުމަކީ އޭނާގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮ ކަމަށް ކުރާ ކަމެއް ކަމަށާއި، އެވަގުތަކީ އޭނާއަށް ވަރަށް މުހިންމު ވަގުތެއް ކަމަށެވެ.

އެހެން ކަމުން އޭނާއާ އެކުގައި ޖިމަށް ދާނެ ހަށިފާރަވެރިއަކު ހޯދަން ވިސްނާކަން ހާމަކޮށްފައިވާ މޮނިކާ ބުނެފައިވަނީ، އެކަމަށް އެކަށީގެންވާ މީހަކު ލިބިއްޖެނަމަ، ބޮޑު މުސާރައެއް ދޭންވެސް އޭނާ ފަސްނުޖެހޭނެ ކަމަށެވެ. އެގޮތުން ރަނގަޅަށް މަސައްކަތް ކުރާ މީހަކަށް މަހަކު 3000 ޑޮލަރު ދޭންވެސް އޭނާ ތައްޔާރުކަމަށް މޮނީކާ ވަނީ ބުނެފައެވެ. އަދި އެމީހަކަށް މާ ގިނަ މަސައްކަތެއް ކުރަން ނުޖެހޭނެ ކަމަށާއި، ޖެހޭނީ ހަމައެކަނި އޭނާ އާއި އެކު ޖިމަށް ދާށާއި، ބައެއް ފޮޓޯޝޫޓްތައް ހަދަން ކަމަށް މޮނީކާ ވަނީ ބުނެފައެވެ.

ޖިމްގައި ލިބެން ބޭނުން ނެތް ސަމާލުކަމުގެ ސަބަބުން އޭނާއަށް ކުރިން ދިމާވެފައިވާ ހުރި ހާދިސާތަކެއް ހަނދާންވާ ކަމަށްވެސް މޮނީކާ ވަނީ ބުނެފައެވެ. އޭނާ ބުނެފައިވަނީ ކުރިންވެސް އެކި ތަންތަނުގައި މީހުން އޭނާ އާއި ދިމާކޮށް، ފުރައްސާރަކޮށް، ގަދަކަމުން ބެހެންވެސް މަސައްކަތް ކޮށްފައިވާ ކަމަށެވެ.

މޮނީކާ ޖިމަށް ދާން ހަށިފާރަވެރިއަކު ހޯދާއިރު، އޭނާގެ މީސްމީޑިއާގައިވެސް އާންމުކޮށްފައި ހުންނަނީ ވަރަށް ނިވާކަން ކުޑަ ފޮޓޯތަކެވެ. އަދި ޖިމުގައި ނަގާފައި ހުންނަ ފޮޓޯތަކާއި ވީޑިއޯތަކުގައިވެސް އޭނާ ހުންނަނީ ނިވާކަންކުޑަ ހެދުން އަޅައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ބުރާންތި އާދަނު

    ތީނަގެ ހަށި ފާރަ އަށް ލަވަ އަލީ ވަރަށް ކަމުދާނެ

    9
    27
    • ރަން ރީނދޫ

      ކަލެއަށް ވުރެ ކޮންމެ ކަމަކަށްވެސް ލަވައަލީ މާ ކަމުދާނެ. ދެން ހުރޭ ފިތިފަ

      36
      3
      • ސިމްޕް

        ބަލަ ލަވައަލީ އަކީ ބެލުންތިރިކުރެވޭ ހިއްސުތައް ކޮންޓްރޯލްކުރެވޭ ތަގުވާވެރި މީހެއްނޫންތަ

        5
        1
    • ބެރާންތިކާ

      އާދަނު ހަމަ ބުރާންތީ. މީހެއްގެ މަސް ކެއުމަކީ އެމީހަކަށް ލިބޭ އަޖުރު. މަވެސް ބޭނުން މަގޭ ވާހަކަ ދައްކާނެ ތިކަހަލަ ބޮޑު ފައުޖެއް. އަމިއްލަޔަށް ހެޔޮކަމެއް ނުކުރެވޭތާ ކަލޭމެން ފަރާތުން ލިބޭ އެއްޗެއް އޮންނާނެތާ. އާނނ ށުކުރިއްޔާ....!

      16
      1
  2. އަލަމް ކޮއްކޮ

    އަޅެ އަހަރެން ގެންދޭ. ދެން އަހަރެން އެކަމެއް ނުކުރާނަން.

    3
    2
  3. ހަސީ

    ކޮންމެގޮތެއް ހަދާފަވެސް މަހުރަމަކު ނުގެންދާތި... އެއީ އިސްލާމް ދީނުގައި އަންހެނާގެ ރައްކާތެރިކަމަށް ހުންނަ ފަރާތްކަމަށް ވާތީ. އެހެންވީމަ ދެން ޖެހޭނީ ބޮޑު އަގު ދީފައި ބޮޑީގާޑެއް ހޯދަންތާ ދޯ...

    3
    1
  4. ދަރަނި ދަންތުރަ

    ހެސްކިޔާފައި އޮރިޔާމުން އުޅެފައި ރައްކާތެރިކަން ހޯދަން ފިރިހެނެއް ، ބޯހަލާކު ، ހަށިގަނޑު ނިވާކޮށްލަ ބަލަ ވާގޮތް ބަލާލަން

    8
    1