ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ވެރިރަށް އަބޫދާބީގައި ހުންނަ ފަސް ތަރީގެ ހޮޓަލެއްގައި ތިން މަސް ދުވަހު ހުރެފައި ބިލް ނުދައްކާ ފިލި މީހަކު ފުލުހުން ހޯދަން ފަށައިފިއެވެ.

އިންޑިއާ އަށް އުފަން އެމީހާ ހުރި ހޮޓަލަށް 230,000 އިންޑިއަން ރުޕީސް (28،000 ޑޮލަރު) އަރާފައިވެއެވެ. އެމީހާ އެ ހޮޓަލުގައި ހުރީ މިދިޔަ އޮގަސްޓް އެކަކުން ނޮވެމްބަރު 20 ވަނަ ދުވަހާ ހަމައަށެވެ.

މުހައްމަދު ޝަރިފް ނަމަކަށް ކިޔާ އެ މީހާ ބުނެފައި ވަނީ އޭނާއަކީ އަބޫދާބީގެ ޝާހީ އާއިލާގެ މުވައްޒަފެއް ކަމަށެވެ. އަދި އޭނާއަކީ ޝާހީ އާއިލާގެ ބޭފުޅެއް ކަމަށްވާ ޝެއިހް ފަލާހް ބިން ޒައިދު އަލް ނަހްޔާންގެ ވަރަށް އަރިސް މީހެއް ކަމަށް ވެސް ހޮޓެލްގެ މުވައްޒަފުންގެ ގާތުގައި އޭނާ ބުނެފައިވެއެވެ.

އޭނަގެ އަތުގައި އަބޫދާބީގެ ރައްޔިތެއްކަން އަންގައިދޭ ކާޑާއި އެހެނިހެން ލިޔެކިޔުންތައް އޭނަގެ އަތުގައި ހުރި ކަމަށްވެއެވެ.

މިމައްސަލަ އިންޑިއާ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

އަދި އޭނާ ހޮޓަލާ ހަވާލުކުރި ލިޔެކިޔުންތަކުގެ ސައްޚަކަން ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުންދާއިރު ފުލުހުން ބުނާގޮތުން އެލިޔުންތައް ސައްހަ ކަމާމެދު ޝައްކު ކުރެވެއެވެ.

ހޮޓަލުގައި ހޭދަ ކުރި މުއްދަތުގައި 23،000 ރުޕީސްގެ ބިލެއް ތައްޔާރު ކުރިއިރު، އޭނާ ވަނީ 11،500 އިންޑިއަން ރުޕީސް (14،000 ޑޮލަރު) ދައްކައިފައެވެ. އަދި 200,000 (24,000 ޑޮލަރު) ގެ ސައްހަ ނޫން ޗެކެއް ވަނީ ދީފައެވެ. އޭނާ ފިލާފައި ވަނީ ނޮވެމްބަރު 20 ވަނަ ދުވަހުއެވެ.

އެމީހާ ދެނެގަތުމަށްޓަކައި މިހާރު ފުލުހުންދަނީ ސީސީޓީވީ ކެމެރާތައް ބަލާ ޗެކްކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މޭން

    ކޮންކަލަ ކަންވާޝަންއެއްމީ