މީގެ ކުރިން ގިނަ މީހުންނަށް ޤަބޫލު ކުރެވިފައި އޮންނަނީ ގިނައިން ޗީޒް ކެއުމަކީ ސިއްޙަތަށް ގެއްލުން ހުރި ކަމެއްގެ ގޮތުގައެވެ. ނަމަވެސް މިއީ ޙަޤީޤަށް ނޫންކަން މީގެ މަހެއްހާ ދުވަސް ކުރިން ކުރެވުނު ދިރާސާއަކުން މިވަނީ ދައްކާފައެވެ.

"ދަ އެމެރިކަން ޖާނަލް އޮފް ކްލިނިކަލް ނިއުޓްރިޝަން" ގައި ޝާއިރުކޮށްފައިވާ މިދިރާސާގައި ބުނެފައިވަނީ ޗީޒްގައި ހިމެނޭ ސެޗްރޭޓެޑް ފެޓްގެ މާއްދާތަކަކީ ހިތުގެ ބަލިތައް ޖެހުމަށް މަގުފަހި ކުރުވާއެއްޗެއް ނޫން ކަމަށެވެ. މިދިރާސާ ކޮށްފައިވަނީ 22 އަހަރުގެ ދިގު މުއްދަތަކަށް ބަހާލައިގެންނެވެ. 2,907 މީހުން ބައިވެރިވެގެން ކުރެވުނު މިދިރާސާގައި ބައިވެރިކޮށްފައިވަނީ އެއްވެސް ކަހަލަ ހިތުގެ މައްސަލައެއް ނެތް 65 އަހަރުންމަތީ މީހުން ބައިވެރިކޮށްގެންނެވެ.

މިދިރާސާގައި ހެދުމުގައި އިސްކޮށް ހަރަކާތްތެރިވި ޔޫޓީ ހެލްތް ސްކޫލްގެ އެސިސްޓެންޓް ޕްރަފެސަރ މާކައި އޮއްޓޯ ބުނެފައިވަނީ މިދިރާސާ ދައްކާގޮތުން ޗީޒްގައި ހިމެނޭ ފެޓީއެސިޑްގެ ބާވަތަކީ ހިތުގެ ބައްޔަށް މަގުފަހި ކުރުވާ އެއްޗެއް ނޫން ކަމަށާއި ނަމަވެސް މިިދިރާސާއިން ޗީޒް ކެއުމުގެ ސަބަބުން ހިތުގެ ބަލިތަކުން ދުރުކޮށްދޭ ކަމަށްވެސް ދައްކާފައިވެއެވެ.

މީގެ އިތުރުން ޗީޒްއަކޫ ސިއްޙަތައް އިތުރު ފައިދާ ލިބޭ އެއްޗެކެވެ، މިގޮތުން ޗީޒްގައި އެކުލެވޭ ޕްރޮޓީންގެ މާއްދާގެ ސަބަބުން ދަތްފަނިކެއުމުން ދުރުކޮށްދިނުމުގެ އިތުރުންހަށިގަނޑުގެ މަސްތައް ވަރުގަދަކޮށްދެއެވެ. ޗީޒް އަކީ އޭގައި ގިނަ އަދަދަކަށް ކެލްސިއަމް ހިމެނޭ އެއްޗެކެވެ. އެއް އައުންސް ޗީޒްއިން ހަށިގަނޑަށް ބޭނުންވާ ވަރަށް ވުރެ އިތުރަށް ކެލްސިއަމް ހިމެނިގެންވެއެވެ.

ކިޔުންތެރިންގެ ހިޔާލު