އޭނާއަށް ބޮޑުބެ ކިޔާ މީހަކު އަތަށް ލާރި ދީގެން ގަނެފައިވާ މި ނަސީބުވެރި ޓިކެޓްއިން ދާސް ހާސިލްކޮށްފައިވާ ފަސް ކްރޯޑް ރުޕީސްގެ އިނާމު ފައިސާ އޭނާއަށް މުޅިން އެއްކޮށެއް ނުލިބޭނެއެވެ. އޭނާގެ ލޮޓަރީގެ %30 އިން ޓެކްސް ނަގާނެއެވެ.
ޕަންޖާބު ސްޓޭޓް ލޮހްރީ މަކަރް ސަންކްރަންޓީ ބަމްޕަރ ލޮޓަރީ 2023 ގެ ނަތީޖާ އިއުލާންކޮށްފައިވަނީ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހުއެވެ.
ދާސްގެ އިތުރުން އެހެނިހެން މީހުންވެސް ލޮޓަރީގެ ނަސީބު ޙާސިލުކޮށްފައިވެއެވެ.
މީގެ އިތުރުން މި މަހުގެ ކުރީކޮޅު އެމެރިކާގެ އަންހެނެއް ކަމަށްވާ އެންޔާ ސްލޯއަން ވަނީ މަހެއްގެ ތެރޭގައި ދެ ގުރުއަތުލުން ކާމިޔާބުކޮށްފައެވެ. އޭނާއަށް ވަނީ ފުރަތަމަ ގުރުއަތުލުމުން އަށް ކްރޯޑް ރުޕީސް ހާސިލްކުރެވިފައިއެވެ. އޭގެ ހަފްތާތަކެއް ފަހުން އޭނާ ވަނީ ދެ ވަނަ ގުރުއަތުލުމަކުން 16 ކްރޯޑް ރުޕީސް ހާސިލުކޮށްފައެވެ. އެންމެ 800 ރުޕީސްގެ ލޮޓަރީ ޓިކެޓަކުން މިހާ ބޮޑު އަދަދެއްގެ ނަސީބުވެރިޔަކަށްވީމަ އޭނާއަކީ ދުނިޔޭގެ އެންމެ ނަސީބުގަދަ މީހާ ކަމުގައި ގިނަ ބަޔަކު ދެކެއެވެ.