ދުނިޔޭގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ކާންޔޭ ވެސްޓް އޮސްޓްރޭލިއާއަށް އެރުވުން މަނާކުރުމަށް ގޮވާލަން ފަށައިފި އެވެ.

ކާންޔޭ ދާދި ފަހުން އޮސްޓްރޭލިއާގެ އާކިޓެކްޓެއް ކަމަށްވާ ބިއަންކާ ސެންސަރީއާ ކައިވެނިކޮށްފައިވާ އިރު ބިއަންކާގެ އާއިލާއާ ބައްދަލުކުރަން ވަރަށް އަވަހަށް ދާނެ ކަމަށް އަޑުތައް ވަނީ ފެތުރިފަ އެވެ.

ކާންޔޭ އޮސްޓްރޭލިއާއަށް ދާން އުޅޭ ކަމުގެ އަޑުތައް ފެތުރުމާއެކު ޔަހޫދީ ޖަމިއްޔާއެއް ކަމަށްވާ އެންޓި ޑިފެމޭޝަން ލީގުން ވަނީ ކާންޔޭ އޮސްޓްރޭލިއާއަށް އެރުމުގެ ހުއްދަ ނުދޭން ނިންމައިފަ އެވެ.

އެގޮތުން މީސްމީީޑިއާގައި 30 މިލިއަނަށް ވުރެ ގިނަ މީހުން ފޮލޯކުރާ އިރު އޭނާ އޮސްޓްރޭލިއާއަށް ދިއުމުން އޭގެ ނުރައްކާ އެ ގައުމުގައި އުޅޭ ޔަހޫދީންން ކުރިމަތިވެދާނެ ކަމަށް ބުނެފައި ވެއެވެ. އަދި އޮސްޓްރޭލިއާއިން އެއް ބަޔަކު އަނެއް ބަޔަކަށް ކުރާ އިހުތިރާމާ އަދި އެ ގައުމުގެ ނަމަށް ވެސް ހުތުރު އަރާނެ ކަމަށް ވަނީ ބުނެފައެވެ.

ފާއިތުވީ ދެމަސް ދުވަހުގެތެރޭގައި ކާންޔޭގެ މުޅި ކެރިއަރ ވަނީ ހަލާކުވެގެން ގޮސްފައެވެ. ޖޯޖް ފްލޮއިޑްގެ މަރާ ގުޅޭގޮތުން ދެއްކި ވާހަކަތަކާއި ޔަހޫދީންނާ ދެކޮޅަށް ކޮމެންޓުތަކާއެކު މީސް މީޑިއާ އެކައުންޓުތަކުން އޭނާ ވަނީ ދާދިފަހުން ސަސްޕެންޑު ކޮށްފައެވެ.

އޭގެ އިތުރުން ކާންޔޭ، އޭނާއަކީ ޖަރުމަނުގައި ޔަހޫދީންއާ ދެކޮޅަށް ބޮޑެތި ގަތުލު އާންމު ހިންގެވި ނާޒީ ލީޑަރު އެޑޮލްޑް ހިޓްލަރުގެ ސަޕޯޓަރެއް ކަމަށް ބުނި މައްސަލަ ވެސް ވަރަށް ބޮޑަށް ހޫނުވި އެވެ.

އަދި އެ ކޮމެންޓުތަކާއި ގުޅިގެން ބޮޑެތި ކުންފުނިތަކާއެކު ކާންޔޭ ވެފައިވާ އެއްބަސްވުންތައް ވެސް ވަނީ ގެއްލިފައެވެ. އަދި ބޮޑެތި ބްރޭންޑްތަކާއެކު ކާންޔޭ އާއި އޮތް ގުޅުން އެކުންފުނިތަކުން މިހާރު ވަނީ ކަނޑާލާފައެވެ. އެހެންކަމުން އޭނަގެ މިލްކިއްޔާތު ދާދި ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ވަނީ މަދުވެފައެވެ.

އޭގެ ކުރިން ވެސް ކާންޔޭއަކީ ވަރަށް ބޮޑަށް ތާކު ތާކު ނުޖެހޭ ވާހަކަ ދައްކާ މީހެކެވެ. އަދި އޭނާ "ބައި ޕޯލާ ޑިސްއޯޑާ" ހުންނަ ކަމަށް ވެސް ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މޭން

    އޭގެ އިތުރުން ކާންޔޭ، އޭނާއަކީ ޖަރުމަނުގައި ޔަހޫދީންއާ ދެކޮޅަށް ބޮޑެތި ގަތުލު އާންމު ހިންގެވި ނާޒީ ލީޑަރު އެޑޮލްޑް ހިޓްލަރުގެ ސަޕޯޓަރެއް ކަމަށް ބުނި މައްސަލަ ވެސް ވަރަށް ބޮޑަށް ހޫނުވި އެވެ.
    ތީ މޭން އެއް