މަޝްހޫރު ލަވަކިޔުންތެރިޔާ ހެރީ ސްޓައިލް މިއަހަރުގެ ގްރެމީ އެވޯޑު ގައި ޕާފޯމް ކުރާ ގޮތަށް ނިންމައިފިއެވެ.

ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު ބާއްވާ 65 ވަނަ އަހަރީ ގްރެމީ އެވޯޑުގައި ހެރީ ސްޓައިލްސް ޝޯއެއް ދެއްކުމަށް ހަމަޖެހިފައިވެ އެވެ. މިކަން އިއުލާން ކުރީ އާދިއްތަ ދުވަހުގެ ހަވީރު އޭއެފްސީ ޗެމްޕިއަންޝިޕް މެޗުގެ ތެރެއިންނެވެ.

ހެރީ ސްޓައިލްސް އަކީ މަޝްހޫރު "ވަން ޑައިރެކްޝަން" އިން ވިދާލި ލަވަކިޔުން ތެރިއެކެވެ. ނަމަވެސް މިހާރު ބޭންޑް އިން ވަކިވެ އަމިއްލަ އިން ލަވަ ކިޔަމުން ދެއެވެ.

ދަ ހޮލީވުޑް ރިޕޯޓަރ އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ލަވަކިޔުންތެރިޔާ ހެރީ ސްޓައިލް ނޮމިނޭޓް ވެފައިވަނީ މި އަހަރުގެ ގްރެމީގެ ހަ އެވޯޑު ކަމަށްވާ، އަހަރުގެ އެންމެ މޮޅު ރެކޯޑް، އަހަރުގެ އެންމެ މޮޅު އަލްބަމް، އަހަރުގެ އެންމެ މޮޅު ލަވަ، އެންމެ މޮޅު ސޯލޯ ޕާފޯމަންސް އެންމެ މޮޅު ޕޮޕް ވޯކަލް އަލްބަމް އަދި އެންމެ މޮޅު މިއުޒިކް ވީޑިއޯ އަށެވެ.

ހެރީ ސްޓައިލްސް އާއި އެކު އެވޯޑު ގައި، މިހާރު އޭނާގެ ތިން ވަނަ ސޯލޯ އަލްބަމް ހެރީސް ހައުސް އަށް ލަވް އޮން ޓުއާގައި އުޅޭ ސްޓައިލްސް އާއި ގުޅިގެން މީގެ ކުރިން އިއުލާން ކުރި ފަންނާނުން ކަމަށްވާ ލިޒޯ، ބެޑް ބަނީ، މެރީ ޖޭ، ބްލައިޖް، ބްރެންޑީ ކާލައިލް، ލޫކް ކޮމްބްސް، ސްޓީވް ލޭސީ އަދި ސޭމް ސްމިތު އަދި ކިމް ޕެޓްރާސް ބައިވެރިވެ އެވެ. އަދި އިތުރު ހުށައެޅުންތަށް ވަރަށް އަވަހަށް އިއުލާން ކުރާނެ އެވެ.\

މީގެ އިތުރުން ސްޓައިލްސް ވަނީ މީގެކުރިން 2019 ވަނަ އަހަރުގެ ހިޓް ލަވަ "ވޯޓާމެލޯން ޝުގާ" އަށް އެންމެ މޮޅު ޕޮޕް އަމިއްލަ ހުށައެޅުމުގެ ގްރެމީ އެވޯޑު ހޯދާފަ އެވެ. އަދި 2021 ވަނަ އަހަރު އެންމެ މޮޅު ޕޮޕް ވޯކަލް އަލްބަމް އަދި އެންމެ މޮޅު މިއުޒިކް ވީޑިއޯ އަށް ވެސް ނޮމިނޭޝަން ލިބިފައިވެ އެވެ.

ޓްރެވަރ ނޯއާ ހޯސްޓް ކުރާ މި އަހަރުގެ ގްރެމީ އެވޯޑު ސީބީއެސް ލައިވްކޮށް ދައްކާނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ 8 ޖަހާއިރު އެވެ.