މެދުނުކެނޑި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ސްވިޒަލޭންޑްގެ އަވަށަކަށް ފަރުބަދަ މަތިން ކިސަޑު ފައިބާ އެއަވަށުގެ ބޮޑުބައި ކިސަޑުތަކުގެ ތެރޭގައި ވަޅުލެވިއްޖެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ވަޅުލެވިފައި ވަނީ ގްރުގްނޭ ނަމަކަށް ކިޔާ އަވަށެއްގެ ބޮޑު ސަރަހައްދެކެވެ. ކިސަޑު ފޭބުމުގެ ސަބަބުން އެއަވަށުގެ ބްރިޖެއް ވެސް ވަނީ ކިސަޑުތަކުގެ އަޑިއަށް ގޮސްފައެވެ.

ކިސަޑު ފޭބި ސަރަހައްދުގައި ދިރިއުޅޭ މީހުން ބުނާ ގޮތުގައި ފަރުބަދަ މަތިން ކިސަޑުތައް ފައިބައިގެން އައީ މޫދުން އެއްގަމަށް ރާޅެއް އަރައިގެން އަންނަ ގޮތަށެވެ.

"އަހަރެންނަށް އަޑެއް އިވިގެން ގޭގެ ކުޑަދޮރުން ބޭރު ބަލާލިއިރު ކިސަޑުތައް ފަރުބަދަ މަތިން ފައިބައިގެން އަންނަނީ ރާޅެއް މޫދުން އެއްގަމަށް އަރައިގެން އަންނަ ގޮތައް. ވަރަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އަހަރެންގެ ގެއާއި ހަމައަށް ކިސަޑުތައް އަތުވެއްޖެ." އޭނާ ބުންޏެވެ.

އޭނާ އިތުރަށް ބުނީ ކިސަޑުތަކުން އޭނާގެ ގެ ވެސް ވަޅުލެވިފައިވާ ކަމަށެވެ.

"ގޭގެ ގަރާޖް ދޮރު ވައްޓާލާފައި ކިސަޑުތައް ވަންނަން ފެށުމުން އަހަރެން އަވަހަށް ހުރިހާ އެއްޗެއް ދޫކޮށްލުމަށް ފަހު ގެއިން ނިކުތީ. މިހާރު އަހަރެންގެ ގޭގެ ފުރާޅަށް ވުރެ ވެސް ފޫޓަކަށް ވުރެ މައްޗަށް ކިސަޑުތައް އެބަހުރި." އޭނާ ބުންޏެވެ.

ފުލުހުން ބުނީ ކިސަޑު ފޭބުގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައި ނުވާކަމަށާއި ނަމަވެސް ބައެއް އިމާރާތްތަކާއި ވެހިކަލްތަކަށް ގެއްލުން ލިބުނު ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވާކަމަށެވެ.

ކިސަޑުތައް ފޭބި އަވަށަށް ދެވެން އޮންނަ ދެމަގު ވެސް ވަނީ ކިސަޑުތަކުގެ ސަބަބުން ބަންދު ކޮށްފައެވެ. ކަމާބެހޭ ފަރާތްތަކުންނާއި، އާންމުން ގެންދަނީ މިހާރު ކިސަޑުތައް ސާފުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ނުކިޔަވާ އިބޫ ރައްރަށާ އަރާ ރައްރަށައް ފައިސާ ބަހަންފަށާފި. މީ ދޭ ހަދިޔާއެްްކަމައް ބުނެ އަސި ސައިބޯލުމައްބުނި. ޢެހެންވެ މިރޭ. ބ. ކެންދޫގައި ސައިބުމުގެ ކަންތައް ކުރިއައްދަނީ

  2. ޙައިކަލް

    ހަމަ ޔަގީން ތިއީ ކަލާނގެ ލެއްވި ކޯފާއެއް .

    • އަލިބެއްޔާ

      ތިބޭފުޅާއަށް ބޮޑަށް އެނގިލައްވާނީ. ކޯފާ ތަކުގެ ހިސާބު ބަލަހައްޓަވަނީ ތިބޫފުޅާ ވިއްޔާ.