ޕިއްޒާއަކީ ގިނަބަޔަކަށް ވަރަށް މީރު ކެއުމެކެވެ. އެތައް ބައެއްގެ ފޭވަރޭޓެކެވެ. އިޓަލީގެ މި އުފެއްދުން މިހާރު ދުނިޔޭގައި ބޭނުން ނުކުރާ ގައުމެއް ނުހުންނާނެއެވެ. އެހެންކަމުން ޕިއްޒާ ނުކާ މީހުން މަދު ވާނެއެވެ.

އެކަމަކު ޕިއްޒާ އަކީ ބަރުދަން ލުއި ކުރުމަށް ކަމުދާ އެއް އޮޕްޝަނެއް ނޫނެވެ. ޕިއްޒާއަކީ އާންމުގޮތެއްގައި ކެލޮރީޒް، ފެޓް އަދި ސޯޑިއަމް ގިނަ އަދަދަކަށް އެކުލެވޭ އެއްޗެކެވެ. މިއީ ކޮލެސްޓްރޯލް ލެވެލް މަތި އެއްޗެކެވެ.

އެކަމަކު މީހަކު މި އުޅެނީ ޕިއްޒާ ކައިގެން ބަރުދަން ލުއިކޮށްގެންނެވެ.

ދާދި ފަހުން ނޮދަން އަޔަލޭންޑްގެ މީހަކު ވަނީ 30 ދުވަހުގެ ޗެލެންޖުގައި ދުވާލަކު ތިން ފަހަރު ޕިއްޒާ ކައިގެން ބަރުދަން ލުއިކޮށްފައެވެ.

ރަޔާން މާސަރ ނަމަކަށް ކިޔާ ޕާސަނަލް ޓްރެއިނަރެއް ބުނި ގޮތުގައި 30 ދުވަހުގެ ޗެލެންޖުގައި ހެނދުނުގެ ނާސްތާ އާއި މެންދުރުގެ ކެއުމާއި ރޭގަނޑުގެ ކެއުމަށް ބަހާލައިގެން ދުވާލަކު 10 ފޮތި ޕިއްޒާ އޭނާ ކައިފައި ވެއެވެ.

މިހެންވުމުން އޭނާ ކޮންމެވެސް ވަރަކަށް ހަށިގަނޑުގައި މަސްތައް ޖެހި ނަމަވެސް ފަލައެއް ނުވިއެވެ. އެ ޗެލެންޖުގައި މާސަރު ނިންމީ ޕިއްޒާ ފިޔަވައި އެހެން ހުރިހާ އެއްޗެއް ނުކެއުމަށެވެ.

އަދި ކެލޮރީ ޑެފިސިޓާއި ގުޅޭގޮތުން ސާބިތުކޮށްދިނުމުގެ ގޮތުން އޭނާ ހުރިހާ ބާވަތެއްގެ ޖަންކް ފުޑާއި ފާސްޓްފުޑް ޓޭކްއަވޭ ކެއުން ހުއްޓާލިއެވެ.

މާސަރ ބުނީ އޭނާގެ އާދައިގެ ކެއުމުގައި ހިމެނެނީ މޭވާ އާއި ތަރުކާރީގެ 7-10 ބައި އަދި ގިނަ އަދަދަކަށް ޕްރޮޓީން ކަމަށެވެ. ނަމަވެސް ޖެނުއަރީ މަހު އޭނާ ދުވާލަކު ތިން ފަހަރު 30 ދުވަސް ވަންދެން ޕިއްޒާ ކާލި އެވެ. "

ޕިއްޒާ އަކީ އަހަރެން އެންމެ ލޯބިވާ އެއް ކާނާ، އެހެންވީމަ މުޅި މަހަކު ވެސް ކެއުމަށް ވަރަށް އުފާވި، އެހެން ނަމަވެސް އަމިއްލަ ނަފްސަށް ކޮންމެވެސް ވަރެއްގެ ތަފާތު ޕިއްޒާއެއް ލިބޭތޯ ޔަގީން ކުރީ."

އަދި ހޯމަ ދުވަހުން ފެށިގެން ހުކުރު ދުވަހާ ހަމައަށް ދުވާލެއްގެ މައްޗަށް 1،800 އާއި 2،100 އާއި ދެމެދުގެ އަދަދަކަށް ކެލޮރީ އަދި ހޮނިހިރު އަދި އާދީއްތަ ދުވަހު 2،700،000 ކިލޯ ކެލޮރީސް ބޭނުންކުރާ ކަމަށް އޭނާ ކިޔައިދިނެވެ. މާސަރގެ ދުވާލެއްގެ މައްޗަށް ޕްރޮޓީން އިންޓޭކް ޓާގެޓަކީ ދުވާލަކު 140 ގްރާމެވެ.

އޭނާގެ ބަރުދަން ލުއިކުރުމުގެ ދަތުރަކީ އެންމެންނަށް ވެސް އެކަށީގެންވާ ދަތުރަކަށް ނުވެދާނެ އެވެ. އޭނާ ބުނީ ކޮންމެ މީހަކީ ވެސް ތަފާތު ބައެއް ކަމަށެވެ. ކެއުމުގައި ދެމިތިބެން ޖެހޭނީ އެމީހެއްގެ ހަށިގަނޑަށް ހުއްދަ ދީގެން ކަމަށް ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު