އެމެރިކާގެ ލަވަކިޔުންތެރިޔާ އަދި އެކްޓަރ އިންޑިއާގެ ލަވަކިޔުންތެރިޔާ ރެޕާ ކިންގް އާއެކު ކިޔާފައިވާ ހިންދީ ލަވައަކަށް ބޮޑު ސަމާލުކަމެއް ލިބިއްޖެއެވެ.

އިންޑިއާގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާއާ ކައިވެނިކޮށްގެން އުޅޭ ނިކް އާއި ކިންގް ނެރެފައިވާ ލަވައަކީ މަޝްހޫރު ލަވަ "މާން މޭރީ ޖާން" ގެ އާ ވާޝަނެކެވެ.

މި އާ ވާޝަން މިހާރު ޔޫޓިއުބަށް ވަނީ ނެރެފައެވެ.

ނިކްގެ ޔޫޓިއުބް ޗެނަލްގައި ލޯންޗްކުރި އާ ލަވަ "މާން މޭރީ ޖާން (އާފްޓާލައިފް)" ގައި ލަވަކިޔުންތެރިޔާ ހިންދީ ބަހުންނާއި އިނގިރޭސި ބަހުން ލަވަ ކިޔަމުން އަންނައިރު، އެ ލަވައާއެކު ނިކްގެ ގިނަ ފޭނުންނަށް ލިބިގެން ދިޔައީ ހައިރާންކަމެކެވެ.

އަދި އެތައް ފޭނުންނެއް ވަނީ މި ލަވައާ ގުޅިގެން ނިކްއަށް ތައުރީފްކޮށް ވާހަކަ ދައްކައިފައެވެ.

"ނިކްގެ އަޑު ޓްރެކްގެ ތެރެއަށް ވަދެގެން ދިޔަ ގޮތް ވަރަށް ކަމުދިޔަ، ޖަސްޓް ލަވް އިޓް، ހީވަނީ މުޅިން އާ މާސްޓާޕީސްއެއް ހެން އޮރިޖިނަލް ލިރިކްސް ހިމަނައިގެން، ހަމައެކަނި އާ ލިރިކްސް އެޑްކޮށް، އޮރިޖިނަލް އަށް ބަދަލެއް ނުގެނެސް".