މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާ އާއި މަޝްހޫރު ލަވަކިޔުންތެރިޔާ ނިކް ޖޯނަސް އިތުރު ކުއްޖަކު ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޕްރިޔަންކާ އަދި ނިކްއަށް އެންމެ ފަހުން ލިބުނު ދަރިފުޅު މާލްތީއަށް ހަ މަސް ފުރުން ދާދި ފަހުން ފާހަގަކޮށްފައިވާއިރު، ރިޕޯޓްތައް ބުނާގޮތުން އިތުރު ކުއްޖަކު ހޯދުމަށް އެ މީހުން މަސައްކަތް ފަށާފައި މިވަނީ މާލްތީއަށް އިތުރު އާއިލީ ކުއްޖަކު ހޯދައި ދިނުމަށެވެ.

ޕްރިޔަންކާ އަދި ނިކްއަށް މާލްތީ ލިބިފައި ވަނީ ސަރޮގެސީ ހަދައިގެން ކަމަށްވާއިރު، އެ ދެ ބަތަލުން އިތުރު ދަރިޔަކުވެސް ހޯދާނީ އެގޮތަށް ކަމަށް ރިޕޯޓްތައް ބުނެއެވެ. މިގޮތަށް އިތުރު ދަރިޔަކު ހޯދުމަށް އަނެއްކާވެސް މަސައްކަތް ކުރަނީ ދެ ބަތަލުންވެސް ބޭނުންވެގެން ކަމަށްވެއެވެ.

"ސަރޮގެސީ މެދުވެރިކޮަށް އަނެއްކާވެސް ޕްރިޔަންކާ އަދި ނިކް ދަރިޔަކު ހޯދަން އުޅެނީ ނޯމަލްކޮށް ދަރިޔަކު ހޯދަން އެ ދެ ބަތަލުން ތައްޔާރު ނޫން ވީމަ" ބޮލީވުޑް ލައިފްގެ ސޯސްއެއް ބުންޏެވެ.

ޕްރިޔަންކާ 40، އަދި ނިކް 29 ގެ ކައިވެންޏަށް ތިން އަހަރުވެފައިވާ އިރު އެ ދެމީހުން ކައިވެނި ކުރީ 2018 ވަނަ އަހަރުގެ ތެރޭގައި މުމްބާއީގައެވެ. މި ދެ ތަރިން އެންމެ ފުރަތަމަ އެކުގައި ފެނުނީ 2017 ގައެވެ.

އޭގެ ފަހުން 2018 ވަނަ އަހަރު، ދެ ތަރިން ލޯބީގެ ގޮތުން ގުޅި، އެގުޅުން އިއުލާން ކުރިއެވެ.