ލަވަކިޔުންތެރިޔާ ނިކް ޖޯނަސް އޭނާގެ ދެބެން ކަމަށްވާ ކެވިން އާއި ޖޯ ޖޯނަސްއާއެކު ކޮންސެޓްތަކަށް އެމެރިކާގެ އެކި ކަންކޮޅުތަކަށް ދަނީ ދަތުރު ކުރަމުންނެވެ.

ޖޯނަސް ބްރަދާސް އަކީ އެމީހުންގެ މިއުޒިކުން ބެލުންތެރިންގެ ހިތްތައް އަތުލަމުން އަންނަ ބައެކެވެ. ނަމަވެސް ދާދި ފަހުން ނިކްގެ ކޮންސަޓެއްގެ ވީޑިއޯއެއް އާއްމުވެފައިވާއިރު، އެ ވީޑިއޯއަކީ ލަވައެއްގެ ވީޑިއޯއެއް ނޫނެވެ. އެ ވީޑިއޯއިން ފެނިގެން ދަނީ ނިކް ސްޓޭޖުން ވެއްޓުނު މަންޒަރެވެ.

އެ ވީޑިއޯއިން ފެންނަނީ ނިކް އޭނާގެ ޕާފޯމަންސްގެ ތެރެއިން ސްޓޭޖުގެ ފަހަތަށް ކުޑަކޮށް ޖެހިލި ތަނުން އޭނާ ވެއްޓޭ ތަނެވެ. ނަމަވެސް އޭނާ ހިތްވަރު ގެއްލުވާނުލައި އަވަހަށް އޭނާގެ ޕާފޯމަންސް އަލުން ފަށައެވެ.

އެހެން ވީޑިއޯއަކުން ފެންނަނީ ނިކްގެ ދެބެއިން އޭނާއާ ދިމާލަށް ކަންބޮޑުވެފައި ބަލަހައްޓައިގެން ހުރި މަންޒަރެެވެ. ނަމަވެސް އެ މީހުންނަށް ވަނީ ނިކްގެ ހާލަތު ގޯސް ނޫން ކަން އެނގިފައެވެ.

މީގެ ދުވަސްކޮޅެއް ކުރިން ނިކްގެ އަންހެނުން ޕްރިޔަންކާ ޗޯޕްރާ ވަނީ ނިކް ޖޯނަސްއާ އެކު ނަގާފައިވާ ފޮޓޯތަކެއް ހިއްސާކޮށް އޭނާގެ ޓުއާތައް ވަރަށް ރަނގަޅަށް ފެށުމުން މަރުހަބާ ކިޔާފައެވެ. ޕްރިޔަންކާ އަކީ ފިރިމީހާގެ މަސައްކަތަށް ވަރަށް ބޮޑަށް ތައުރީފްކޮށް ވާހަކަދައްކާ ފަންނާނެކެވެ.

ޕްރިޔަންކާ އާއި ނިކް ޖޯނަސްއާ ކައިވެނި ކޮށްފައި ވަނީ 2018 ވަނަ އަހަރުއެވެ. އެ ދެ ތަރިންނަށް ދަރިއަކު ލިބިފައި ވަނީ 2022 ވަނަ އަހަރުގެ ޖެނުއަރީ މަހެވެ. ސަރޮގޭސީ މެދުވެރިކޮށް ލިބުނު އަންހެން ދަރިފުޅުގެ ނަމަކީ މާލްޓީ މެރީ ޗޯޕްޅާ ޖޯނަސްއެވެ.