ޔަމަނުގެ އެންމެ ދުވަސްވީ މީހާ އުމުރުން 140 އަހަރުގައި މަރުވެއްޖެއެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި އަލީ އަންޓާ ނަމަކަށް ކިޔާ އެ ފިރިހެން މީހާ އަކީ ޔަމަނުގައި ހުރި އެންމެ އުމުރުން ދުވަސްވީ މީހާއެވެ. އޭނާގެ ވާހަކަ ގިނަ ބަޔަކު ދައްކަމުން އަންނައިރު، އެންމެ ގިނަ ބަޔަކަށް އޭނާ އެނގެނީ "ބޮލުގައި ދަޅު" ހުރި މީހާގެ ނަމުން ކަމަށް ވެސް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

އޭނާގެ ބޮލުގެ ދެ ފަރާތުގައި ދެ ދަޅު ހުންނަ ކަމަށް ރިޕޯޓްތަކުން ބުނެފައިވާއިރު، އެދަޅުތައް ފަޅާފައިވަނީ އޭނާގެ އުމުރުން 100 އަހަރުން މައްޗަށް ދިއުމުން ކަމަށް ވެސް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

2017 ވަނަ އަހަރުގެ ކުރިން އޭނާގެ ސިއްހީ ހާލަތު ރަނގަޅު ނަމަވެސް އޭގެ ފަހުން އެކި އެކި ބަލިތައް ޖެހި އޭނާގެ ހާލަތު ދަށްވި ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ. އަދި އެއާއި އެކީ އޮޕަރޭޝަނެއްކޮށް އޭނާގެ އެ ދެ ދަޅު ނެގި ކަމަށް ވެސް އާއިލާއިން ވަނީ ބުނެފައެވެ.

އެހެން ނަމަވެސް އެ ދަޅުތައް ނައްޓާލި ހިސާބުން ހާލަތު ދަށްވެ، އޭގެ ތިން ވަރަކަށް ދުވަސް ފަހުން މަރުވީ ކަމަށް ވެސް އާއިލާއާއި ހަވާލާދީ ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

އޭނާގެ މަރުގެ ހަބަރު ވެގެން ދިޔައީ ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ލިބުނު ކަމަށެވެ. އެއީ ހަމައެކަނި ޔަމަނަކަށް ނޫނެވެ. އޭނާގެ މަރާއި ގުޅިގެން ބައެއް ފަރާތްތަކުން ބުނެފައިވަނީ އޭނާ މަރުވެފައިވަނީ ސިއްހީ ހާލަތަށް ރިއާޔަށް ނުކޮށް އެފަދަ އޮޕަރޭޝަނެއް ކުރުމުގެ ސަބަބުން ކަމަށެވެ.