އޮމާންގެ އެއްބަނޑު އެއްބަފާ ދެބެއިން ޗުއްޓީ ހޭދަކުރުމަށް ވާދީ ދާބަތު އަށް ގޮސް އުޅެނިކޮށް އަޑު އިވުނީ އެސަރަހައްދުގެ ކޯރަކަށް އަންހެނަކު ގެނބެން ފެށުމުން ސަލާމަތައް އެދި ގޮވާ އަޑެވެ. ހުމައިރު ނަމަކަށް ކިޔާ ޒުވާނަކާއި ތަރީކް ކިޔާ ޒުވާނަކަށް އެއަޑު އިވުމުން އެމީހުން އެތަނަށް ދިޔައެވެ.

ނަމަވެސް އަންހެން މީހާ ސަލާމަތް ކުރުމުގެ ބަދަލުގައި އެމީހުން މަސައްކަތް ކުރީ ކެނބެމުން ދިޔަ މީހާގެ ފޮޓޯ ނަގަންށެވެ. ގެނބެމުން ދިޔަ އަންހެން މީހާ އަށް ދެބެއިން އެއްވެސް އެހީއެއް ނުވިއެވެ.

ސައުދީ އަރަބިއްޔާ އަށް ނިސްބަތްވާ އެއަންހެން މީހާ ސަލާމަތް ކުރީ އެސަރަހައްދުގައި އުޅުނު އެހެން ހަތަރު ފިރިހެނުންނެވެ. އަންހެން މީހާ ސަލާމަތައް އެދި ގޮވާ އަޑު އިވިގެން އެތަނަށް ފަހުން ދިޔަ ހަތަރު ފިރިހެނުން ވަނީ އަންހެން މީހާގެ ފުރާނަ ސަލާމަތްކޮށްދީފައެވެ.

ދެޒުވާނުން، ގެނބެމުން ދިޔަ މީހަކަށް އެހީ ނުވުމުން އެވާހަކަ މީސް މީޑިއާގައި ގިނަ ބަޔަކު ދެއްކިއެވެ. އެމީހުންނަށް ވަރަށް ބޮޑަށް ފާޑުވެސް ކިޔާފައި ވެއެވެ.

ދެން ކުއްލިއަކަށް އިވުނީ ހައިރާން ކުރަނިވި ޚަބަރެކެވެ. އެއީ ހުމައިރު އާއި ތަރީކް ޗުއްޓީ ހޭދަކުރަމުން ދިޔަ ވާދީ ދާބަތު އަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވެ، ގެނބިގެން އެދެބެއިން މަރުވި ޚަބަރެވެ. ވާދީ ދާބަތު އަށް ބޯކޮށް ވާރޭ ވެހުނީ އެންމެ ދިހަ ވަރަކަށް މިނެޓް އެވެ. ނަމަވެސް ދެޒުވާނުންނަށް ފުރާނަ ސަލާމަތް ކުރެވޭ ގޮތެއް ނުވިއެވެ.

ވާދީ ދާބަތު އަށް ވާރޭ ވެހި ފެންބޮޑުވި ހާދިސާގައި އިތުރު މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޑީ

    ކުޅަދުންވަންތަވެރިކަން. ބަޔަކަށް އިބްރަތެއް ލިބޭނެކަމަށް އުއްމީދު ކުރަން.

  2. މީ

    ސުބުހާނަﷲ. މާތްﷲ އަޅުގަނޑުމެންނީ އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވާ ބަޔަކު ކަމުގާ ލައްވަވާށި އާމީން

    • އަޔާ

      އާމީން

  3. މޫޫސަ

    މިވެދާނެދޯ އެމީހުންނަށް ފަތަން ނޭނގޭ ކަމަށްވެސް. އެހެންވިއަސް އެމީހުން އެހެން ބަޔެއްގެ އެހީ ހޯދަން މަސައްކަތް ނުކޮށް ފޮޓޯ ނެގުން ރަނގަޅެއްނޫން

  4. ބާނިޔޫސޭ

    ކޮންފަދަ ޢިބްރަތްތެރި ޙާދިޘާ އެއްތޯ؟ ވިސްނާ ފިކުރުކުރާ ބަޔަކަށް މިކަމުގައި ޢިބްރަތެއް ވާކަން ކަށަވަރު. މާތްﷲ އީ ކޮންމެ ކަމަކަށް ކުޅަދުންވަންތަވެ ވޮޑިގެންވާ އޯގާވަންތަ ޚާލިޤް ވަންތަ ﷲ.

  5. ނުރަބޯ

    ސުބްޙާނަﷲ. ބޮޑާކަމާ ނުބައި ނުލަފާ ކަމުގެ ބަދަލު މާތްﷲ ދެއްވިލެއް ފުރިހަމަ ކަމާއެވެ.

  6. ގަމު ކުއްޖާ

    ކުޅަދުންވަންތަކަން.. އިބުރަތް ހާސިލްކުރޭ..

  7. އަލީ

    ﷲގެ ކުޅަދުންވަންތަކަން.

  8. އޭނަ

    ވަގުތުން އަޒާބު އައީތަ.. ސުބުހާނަﷲ.. ﷲ ސުބުހާނަޙު ވަތަޢާލާ އަކީ الرَّحِيْمِ. ފާފަވެރިވާ އަޅުއްނަށް އަޒާބުވަގުތުން ނުދެއްވާ ލަސްކުރަށްވާ. ތައުބާވާން މުހުލަތު ދެއްވަވާ އެހެންނޫންތޯ.. ކިތަންމެ ކުޑައަމަލެއް ކަމުގައި ވީނަމަވެސް އެކަލާނގެ ރުހިވޮޑިގަތުން ހާސިލްވާފަދަ ހެޔޮއަމަލުތައް ކުރާބައެއްކަމުގައި އަޅަމެން ލައްވާށި. މާތް ރަސްކަލާނގެ ކޯފާ އާއި އަޒާބުން އަޅަމެން ސަލާމަތް ކުރައްވާށި.

  9. Teal

    ﷲއަކްބަރް