އަރިޒޯނާއަށް ނިސްބަތްވާ 13 އަހަރުގެ ކުއްޖެއްގެ ގަޔަށް ހޮނުއެޅި ނަމަވެސް އެ ކުއްޖާގެ ފުރާނަ ސަލާމަތްވެއްޖެއެވެ.

ޖޯސިއާހް ވެއިޑްމެން ނަމަކަށް ކިޔާ ކުއްޖާގެ ފުރާނަ ސަލާމަތްވެފައި ވަނީ އޭނާ ގެންގުޅު ސްކޭޓް ބޯޑުގެ ސަބަބުން ކަމަށް ވެއެވެ. ޖޯސިއާހްގެ ގަޔަށް ހޮނުއެޅިއިރު، އެ ކުއްޖާގެ އަތުގައި ސްކޭޓް ބޯޑު އޮތްކަމީ އޭނާގެ ނަސީބެވެ. އެހެން ނޫން ނަމަ އޭނާގެ ފުރަނާ ސަލާމަތްނުވާނެކަމަށް ޑޮކްޓަރުން ބުންޏެވެ.

މި ހާދިސާ ހިނގާފައި ވަނީ ޖޯސިއާހް އާއި އޭނާގެ ރަހުމަތްތެރިއަކު ޕޭކެއްގައި ސްކޭޓް ކުރުމަށް އުޅުމަށްފަހު ގެއަށް ދިޔުމުގެ ތެރޭގައެވެ. އެ މީހުން އެތަނުގައި ތިއްބާ ތޫފާނެއް އެރީއެވެ. އެ ތޫފާނާއެކު، ހޮނުވެސް އެޅިއިރު، އެ ހޮނު އަޅާފައި ވަނީ ޖޯސިއާގެ ގަޔަށެެވެ.

އެ ހާދިސާގައި ޖޯސިއާހްގެ ރަހުމަތްތެރިއާއަށްވެސް އަނިޔާވިއެވެ. އަދި ޖޯސިއާހް ވެއްޓުނު ގޮތަށް ބޯ ބިންމަތީ ޖެހުނު ގޮތަށް ހަބަރު ހުސްވިއެވެ. ނަސީބަކުން އަވައްޓެރިއަކު އޭނާއަށް ފަރުވާދިންއިރު، ހޮސްޕިޓަލަށް ގެންގޮސް ތިން ދުވަސްވަންދެން ކޯމާގައިވެސް އޭނާ ހޭދަކުރިއެވެ.

ޖޯސިއާހް ސްކޭޓް ކުރަމުންދާތާ އަދި ވާނީ ދެ ތިން މަހެވެ. އޭނާވެސް ބުނީ، ސީދާ ވީގޮތް ނޭގޭ ކަަމަށާއި، އެހެން ނަމަވެސް އޭނާ ސަލާމަތްވީ ސްކޭޓްބޯޑުގެ ސަބަބުންކަން އިނގޭ ކަމަށެވެ. އޭނާގެ ބޮލަށްވެސް ގެއްލުންތަކެއްވެފައިވާއިރު، ފައިން ތަންކޮޅެއް ވަނީ އަނދައިގެންގޮސްފައެވެ. އަދި އޭނާގެ ސިކުނޑިއަށް އަސަރުކޮށްފައިވުމުން ބައެއް ކަންތައް ހަނދާންނެތިފައިވާކަމަށް ވެއެވެ.

އަދި މިހާރު ޖޯސިއާހްގެ ހާލު އަންނަނީ ރަނގަޅުވަމުންނެވެ. އަދި އޭނާގެ އަހުމަތްތެރިޔާއަށް މާބޮޑު ގެއްލުމެއް ލިބިފައިނުވާކަަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މީ

    ސުބުހާނަﷲ. އަސްތަޤްފިރުﷲ