ސައިންސާއި ޓެކްނޮލޮޖީގެ ރޮނގުން ދުނިޔެ މިދަނީ ބާރަށް ފިޔަޖަހަމުންނެވެ. ދުނިޔެއާއި ބެހޭ ގޮތުން ކުރިން ނޭނގޭ އެތައް ކަމެއް ސައިންސާއި ޓެކްނޮލޮޖީގެ އެހީގައި ހޯދައިފައިވާއިރު ދުނިޔެއިން ބޭރުގައި ސޫރަދު ނިޒާމުގެ ތެރޭގައިވާ ބައެއް ގުރަހަތަކާއި ބެހޭ މައުލޫމާތުވެސް ދަނީ ހޯދަމުންނެވެ.

އަދި އެ ގުރަހަރަކަށް ދިޔުމަށް ބައެއް ސައިންސްވެރިން މަސައްކަތް ކުރަމުން ގެންދާއިރު ދުނިޔޭގެ ޖައްވީ ކަންކަމާއި ބެހޭ މައި އިދާރާ ނާސާއިން އަންނަނީ 2033 ވަނަ އަހަރު މާސްއަށް އިންސާނަކު ފޮނުވުމަށް ތައްޔާރުވަމުންނެވެ. އަދި މާސްއަށް ދާ ފުރަތަމަ އެސްޓްރޮނަޓްގެ ޓްރެއިނިންގ މިހާރު ފަށާފައިވާއިރު މާސްއަށް ދާން ތައްޔާރުވަމުން އަންނަނީ އުމުރުން 17 އަހަރުގެ އެލީސާ ކާސަން ނަމަކަށް ކިޔާ ކުއްޖެކެވެ.

ނާސާގެ ކޯޑު ނަމެއްގެ ގޮތުގައި އެލީސާއަށް "ބްލޫބެރީ" ކިޔައިފައިވާއިރު އެލީސާއާއި އޭނާއާއިއެކު މާސްއަށްދާ ބައިވެރިން މާސްއަށް ދިޔުމަށް ދުނިޔެއިން ފުރާނީ އެލީސާގެ އުމުރުން 32 އަހަރުގައެވެ.

މާސްގައި ދެއެއް ނުވަތަ ތިން އަހަރު މަޑުކުރާއިރު އެލީސާއާއި އޭނާގެ ޓީމުން މާސްގައި ތަފާތު ތަހުލީލުތައް ކުރުމާއި އަމިއްލައަށް ކައްކައިގެން ކެއުން ފަދަ ކަންކަން ކުރާނެއެވެ. އަދި މާސްގައި އިންސާނުންނަށް ދިރިއުޅެވޭނެ ތޯ ބެލުމަށް ބައެއް ކަހަލަ ތަހްލީލުތަށް ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އެލީސާ އެމެރިކާގެ ނޫހަކަށް ދިން އިންޓަވިޔުއެއްގައި ބުނީ މާސްއަށް ދިޔުމަކީ އޭނާގެ އުމުރުން ނުވަ އަހަރުން ފެށިގެން ދެކެމުން އަންނަ ހުވަފެނެއްކަމަށެވެ. އަދި ކާޓޫނުތަކުން މާސް ފެނި މާސްއަށް ދިޔުމަށް ހިތުގައި އޮތް ޝައުގުވެރިކަން އިތުރުވެފައިވާ ކަމަށް ބުނެފައިވެއެވެ.

އެލީސާ މާސްއަށް ގޮސްފިނަމަ އޭނާ ވެގެންދާނީ ދުނިޔެއިން ބޭރަށް ދިޔަ އެންމެ ހަގު އެސްޓްރޯނަޓް އަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އީ

    މާޝާﷲ

  2. ނަންްްްްް

    ތީ ހައްތާވެސް މުސްލިމުންނަށް އޮޅުވާލަން ދައްކާ ވާހަކަތަކެއް. މިއްރީޙުތަރިޔަށް އިންސާނަކަށް ދެވިދާނެކަމަށް އޮތް ހަދީސެއް ދައްކަބަލަ