މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާ އާއި ނިކް ޖޮނަސް، ދެމަފިރިންގެ ފުރަތަމަ ދަރިފުޅަށް މަރުހަބާކީ މިދިޔަ އަހަރުގެ ޖެނުއަރީ މަސް ތެރޭގައެވެ. މި ދެމަފިރިންނަށް ދަރިއަކު ލިބިފައި ވަނީ ސަރޮގެސީ މެދުވެރިކޮށެވެ. ދެމަފިރިންގެ ފުރަތަމަ ދަރިފުޅަށް މަލްޓީ މޭރީ ޗޯޕްރާ ޖޯނަސް ދިންއިރު، އިންޓަވިއުއެއްގައި ޕްރިޔަންކާ ވަނީ މަލްޓީ މޭރީއަކީ ދުވަަސް ނުފުރާ ވިހެއި ކުއްޖެއް ކަމަށް ބުނެފައެވެ.

އޭނާ ބުނާގޮތުން ނަމަ އެ ދުވަސްކޮޅަކީ އޭނައަށް ވަރަށް އުނދަގޫ ދުވަސްތަކެކެވެ. އަދި ދަރިފުޅު މަރުވެދާނެ ހެންވެސް ހީވި ވަގުތުތަކެއް ދިޔަ ކަމަށް ބުންޏެވެ.

އެގޮތުން މަލްޓީ މޭރީ އެންއައިސީޔޫގައި 100 ދުވަސް ހޭދަކުރިއެވެ. އޭގެ ފަހުން ދަރިފުޅު ގަދަވެ، ގެއަށް ގެނެއެވެ. ޕްރިޔަންކާ ބުނިގޮތުގައި، އެއިރު ދަރިފުޅު ގެއަށް ގެނެސްގެން މާގިނަ ދުވަސްތަކެއް ނުވާއިރު، މަންމައިންވެސް ދުވަސްވެސް އޭނާއަށް ފާހަގަ ނުކުރެވުނެވެ. އެއީ މަންމައަކަށްވީތާ އެހާ ދުވަސް ނުވުމުން ކަމަށްވެސް ބުންޏެވެ.

"ދަރިފުޅު ގެއްލިދާނެ ކަމުގެ ބިރު އޮތް އެތައް ފަހަރަކުވެސް. އަހަރެން ބޭނުންވަނީ ދަރިފުޅު އުފަލުން އުޅޭތަން ފެންނަން. އަހަރެން އެދެނީ އެންމެ އުފާވާ މީހަކަށް ދަރިފުޅު ވުމަށް. ވަރަށް ހިނިތުންވާ ވަރަށް އުފާވެރި ބޭބީއެއް. އަދި އަހަރެންގެ އަމާޒަކީ ދަރިފުޅުގެ އުފާވެރިކަން ފެނުން. ދަރިފުޅު ހިނިތުންވެލާ ކޮންމެ ފަހަރަކު އަހަރެންގެ ދުނިޔެ އަލިކޮށްލަދޭ". އޭނާ ބުނެފައި ވެއެވެ.

ޕްރިޔަންކާ މިހާރު އަންނަނީ ރުސޯ ބްރަދާސްގެ ކުރިއަށް އޮތް ސިލްސިލާ "ސިޓަޑެލް" ނެރުމަށް ތައްޔާރުވަމުންނެވެ. ހަ އެޕިސޯޑުގެ މި ސިލްސިލާގެ ފުރަތަމަ ދެ އެޕިސޯޑް މިއަދު ޕްރިމިއާ ކުރުމަށް ފަހު، މެއި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ހަފުތާއަކު އެއް އެޕިސޯޑް ލޯންޗް ކުރަމުން ދާނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ަސދސަދ

    މަޔަކަށް ލިބޭ އެއްމެ ބޮޑު އުފަލަކީ ބަނޑުގައި ދަރި އޮވެ ވިހެއުން.
    ހަށިގަނޑަށް ބަލައިގެން މީހާގެ ސިފަ ގެއލިދާނެތީ އުޅެން ހަދައިގެން އެހެން މީހެއްގެ ބަނޑުގައި އޮތް ދަރިއެއް، އެހެން މީހަކު ވހެއިދަރިއެއް ލިބުމުން އަސްލު އިހްސާސްގެ %99 ވެސް ނުވާނެ.

    44
  2. ހުވަދޫ އަލިބެއްޔާ

    މީހެއްގެ ދަރި އަކާއި ހަވާލުވެގެން..