"ކަޕޫރް" އާއިލާއިން ގިނަ ބޮލީވުޑް ތަރިންތަކެއް ބެލުންތެރިންނާއި ހަމައަށް ފެނިގެން ގޮސްފައިވާއިރު، އޭގެތެރެއިން އެކަކަށް ވާނީ ހަމަ ގައިމުވެސް އެކްޓްރެސް ކަރީނާ ކަޕޫރް ކަމާމެދު ޝައްކެއް ނެތެވެ. އޭނާގެ މޮޅު އެކްޓިންގެ އިތުރަށް، ބެލުންތެރިން އޭނާ އެންމެ ފާހަގަކުރަނީ ރަނގަޅު ނަމޫނާއެއއް ދައްކާ މަންމައެއްގެ ގޮތުގައެވެ.

އެކްޓަރު ސައިފް އަލީ ޚާންއާއި ކައިވެނިކޮށްގެން އުޅޭ ކަރީނާ ދާދިފަހުން ބުނެފައިވަނީ އޭނާގެ މަސައްކަތްތަކުން އެހެން މީހުން ނަމޫނާ ނަގާނެ ދުވަހަކަށް އިންތިޒާރު ކުރަމުން އަންނަ ކަމުގައެވެ.

"އަހަރެންނަކީ އެކްޓްރެސްއެއްގެ އިތުރުން ދަރިންނަށް ލޯބިދޭ މަންމައެއްވެސް މެ. އަސްލު ފުދޭވަރަކަށް އުނދަގޫ މި ދެ ކަންތައް ބެލެންސް ކުރަން. އެކަމަކުވެސް ކެރިއާގެ މަސައްކަތްތަށްވެސް ކުރަމުން ދަރިފުޅުގެ ކަންކަން ކުރަމުން ހުރިހާ ކަމެއް ބެލެންސް ކުރަމުން މި ދަނީ. އެހެންވެ، މިފަދަ ކަންކަމުން އެހެން މީހުން އަހަރެން ނަމޫނާއެއްގެ ގޮތުގައި ބަލާނެ ދުވަހެއްގެ އިންތިޒާރުގައި މިހުރީ." ކަރީނާ ބުނެފައިވެއެވެ.

ދަރިފުޅުގެ ކެރިއާއާއި ގުޅިގެން ކަރީނާ ބުނެފައިވަނީ ވަކި ދާއިރާއެއް ޚިޔާރު ކުރުމަށް ބާރު ނާޅާނެ ކަމަށާއި، ކޮންމެ ދާއިރާއެއް އިޚްތިޔާރު ކުރިނަމަވެސް ދަރިފުޅަށް ކަރީނާއާއި ސައިފްގެ ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގައެވެ.

"އަހަރެން ނަމޫނާއެއްގެ ގޮތުގައި ނަގާ ބެލެނިވެރިންނަށް ބުނަލަން އޮތީ ދަރިންނަށް ކަންކަމުގައި ޕްރެޝާ ނުކުރާށޭ. ކޮންމެވެސް ވަރެއްގެ މިނިވަން ކަމެއްވެސް އެ ކުދިންނަށް ދޭށޭ. އަދި ޓެސްޓަކުން 98 މާކްސް ނުހޯދިޔަސް، ދެރަވާ ގޮތަށް އެއްޗެހި ނުކިޔާށޭ. އަހަރެން ބަލަނީ އަހަރެންގެ ދަރިފުޅު ހޯދާ މާކްސްއަކަށް ނޫން. އޭނާއަށް ރަނގަޅު އާދަތައް ދަސްކޮށްދެވޭތޯ. ވަކިން ބޮޑަށް އަމިއްލަ ނަފްސަށް އިތުބާރުކޮށް ތެދުވެރިވާން ދަސްކޮށްދެވޭތޯ" ކަރީނާ އިތުރަށް ބުނެފައިވެއެވެ.

އުމުރުން 37 އަހަރުގެ ކަރީނާ ސައިފްއާއި ކައިވެނި ކޮށްފައިވަނީ 2012 ގައެވެ.

ކިޔުންތެރިންގެ ހިޔާލު