ނިއު ޒިލޭންޑްގެ އަންހެނުންގެ މިނިސްޓަރ ޖޫލީ އަންނަ ޖެންޓާ ވިހަން ހޮސްޕިޓަލަަށް ބައިސްކަލުގައި ގޮސްފިއެވެ. އެކަން އޭނާ އިންސްޓަގްރާމްގައި ހިއްސާކުރިއިރު، އެތައް ބަޔަކަށް އެކަންވެގެން ދިޔައީ ހައިރާންކުރުވި ކަމަކަށެވެ.

މިއީ މާބަނޑު އަންހެނުން ޑޮކްޓަރަށް ދެއްކުމުގެ ކުރިން ކޮށްގެން ވާނެ ކަމެއް ނޫންކަމަށް ސިއްހަތާއި ބެހޭ މާހިރުން ބުނެއެވެ.

ގްރީން ޕާޓީގެ ޖޫލީ އިންސްޓަގްރާމްގައި ހިއްސާކުރިގޮތުގައި، އޭނާ ބައިސްކަލުގައި ހޮސްޕިޓަލަށް ދިޔައީ ބައިވެރިއާއެކުގައެވެ. އަދި އޭނާ ވިހާފައިވާކަމަށް ވަނީ ބުނެފައެވެ.

"އަހަންނާއި އަހަރެންގެ ބައިވެރިޔާ ބައިސްކަލުގައި ވިހެއުމަށް ހޮސްޕިޓަލަށް ދިޔައީ، ކާރުގައި ސަޕޯޓް ކްރޫއެއް ހަރަކާތްތެރިވާނެ ވަރުގެ ޖާގައެއް ނެތުމުން". މިނިސްޓަރ އިންސްޓަގްްރާމްގައި ހިއްސާކުރެއްވި ފޮޓޯއާއެކު ލިިޔުނެވެ.

އުމުރުން 42 އަހަރުގެ ޖޫލީއަކީ ނިއު ޒިލޭންޑްގެ އަންހެނުންގެ މިނިސްޓަރުގެ އިތުރުން ޓްރާންސްޕޯޓް މިނިސްޓަރ ވެސްމެއެވެ. މިއަދުގެ ވަގުތެއްގައި އޭނާ ވިހެއިއިރު، އޭނާއަށް ލިބުނީ ކޮން ޖިންސެއްގެ ކުއްޖެއްކަން އަދި ހާމަކޮށްފައެއް ނުވެއެވެ. އޭނާ ބުނީ، ވިހާފައި ވަނީ ހޮސްޕިޓަަލަށް ދެވުނުތަނާހެންކަމަށް ވެއެވެ.

މިއީ އޭނާގެ ފުރަތަމަ ދަރިފުޅުކަމަށް ރިޕޯޓްތައް ބުނެއެވެ. ރިޕޯޓްތައް ބުނާގޮތުގައި، އޭނާއާއި ދަރިފުޅުގެ ހާލުވެސް ރަނގަޅެވެ.

މިއީ ވިހަން ތައްޔާރުވެފައި ހުރި އަންހެނެއްގެ ހިތްވަރު ވަރަށް ރަނގަޅަށް ދައްކުވައިދިން ކަމެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އަދި ޖޫލީއަކީ އެހެން މީހުންނަށް ހުރި ނަމޫނާއެއްކަމަށް ވެސް ގިނަ ބަޔަކު ބުނެއެވެ.

މިއީ ވިހަން ތައްޔާރުވެފައި ތިބި އެންމެން ކަންތައް ކުރަންވީ ގޮތެއް ނޫނެވެ. އެންމެންނަކީ އެ ހިތްވަރު ހުންނާނެ އަދި އެއްވެސް ކަހަލަ އުނދަގުލެއް ނެތި ވިހާނެ ބައެއްވެސް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު