ރޭޕްގެ ހާއްޔެއް ގޮތުގައި ގިނަބަޔަކު ސިފަ ކުރާ އެއް ގައުމުކަމަށްވާ އިންޑިއާގައި އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރަން އުޅުނު ދެ ފިރިހެނަކަށް ބޮޑު ލަނޑެއް ދީފިއެވެ.

މަދްޔާ ޕްރަދޭޝްގައި އެ ކުއްޖާ ރޭޕް ކުރަން އުޅުނު ދެ ފިރިހެނަކު ކައިރިން އެ ކުއްޖާ ސަލާމަތް ކުރުމަށް އައީ ކުއްތާއެކެވެ. ދެ ފިރިހެނަކު ވެގެން ރޭޕް ކުރަން އުޅުނުއިރު، އެ ކުއްޖާ ސަލާމަތް ކުރަން ވެގެން އެ ކުއްތާ ވަނީ އެތަނުން މީހެއްގެ ފައިގާ ދަތް އަޅާފައެވެ.

އެއީ އެ އަންހެން ކުއްޖާ ގެންގުޅޭ ކުއްތާއެއްކަމަށް ވެއެވެ.

އެ ހާދިސާ ހިނގާފައި ވަނީ، އެ އަންހެން ކުއްޖާގެ މާމަ ބުނެގެން ތަނަކަށް ގޮސް އެނބުރި ގެއަށް ދަނިކޮށެވެ. އޭނާ ގެއަށް ދަނިކޮށް ދެ މީހަކުވެގެން އޭނާ ހިފަހައްޓާ މީހުން ނޫޅޭ ސަރަހައްދަކަށް ގެންދިޔައެވެ. އަދި އެ ކުއްޖާ ރޭޕް ކުރަން އުޅުނެވެ.

ނަމަވެސް އެ ކުއްޖާއަށް އަނިޔާއެއް ލިބުމުގެ ކުރިން އޭނާގެ ކުއްތާ ގޮސް އެތަނުން މީހެއްގެ ފައިގައި ދަތް އެޅީއެވެ. އެއާއެކު އެ އަންހެން ކުއްޖާއަށް ސަލާމަތްވުމަށް ފުރުސަތު ލިބުނެވެ.

ރިޕޯޓްތައް ބުނާގޮތުގައި، މިދިޔަ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައި އެ ކުއްޖާ ރޭޕް ކުރަން އުޅުނު ފިރިހެން މީހާއަކީ އަންހެނުންނަށް ހުރި ބިރެއް ކަމަށެވެ. މީގެ ކުރިންވެސް އެ މީހާގެ އެފަދަ މައްސަލަތަކެއް ފެންމަތިވެގެން އުޅުނުއިރު، އިއްޔެގެ ވަގުތެއްގައި އެ މީހާ ވަނީ ހައްޔަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރިޔާޒު

    ތި ކުއްތާވެސް މާކަ ރަނގަޅެއްނު އެ ގޮތެއްނެއް އިންސާނުންނަށް ވުރެން. މަށަށް އޮޅިއްޖެ ކުއްތާ ކިޔަންވީ އެދެމީހުންނަަށް ކަމެއް ތި ކުއްޖާ ސަލާމަތް ކުރި ކުއްތާއަށް ކަމެއް

  2. ފާރަވެރިޔާ

    ހަހަހާ.....މިފަހަރު ތިދިމާވީ ނިކަން ވަފާތެރި ފާރަވެރިޔަކާ...އިންޑިޔާގެ ކޮންމެ އަންހެންކުއްޖަކުވެސް އަދި އަންހެނަކުވެސް ހަށިފާރަވެރިޔަކަށް ކުއްތާއެއް ނުުވަތަ މިނިކާވަގެއްވިޔަސް އޮޅުކޮށްގެން ގެންގުޅެންފެނޭ...

    • ރޯޒީ

      އަސްލުވެސް އިންޑިޔާގެ ކޮންމެ އަންހެނެއްގެ ފަހަތުގައި ޙާއްސަކޮށް ބޭރަށް ދާއިރު ކުއްތާ އެއް އޮޅުކޮށްގެން ގެންގުޅެން ފެނޭ.. މިއީ ވަރަށް ބިރުވެރި ގައުމެއް