ބައުންސް ޗެކެއްގެ މައްސަލައިގައި ދުބާއީގެ ޖަލަކަށް ލާފައި ހުރި އަންހެނެއްގެ ޖޫރިމަނާ އެގައުމުގެ ފުލުހަކު ދައްކައިދީ އަންހެން މީހާ ޖަލުން ސަލާމަތް ކޮށްފިއެވެ.

10000 ދީނާރު (2700 އެމެރިކާ ޑޮލަރު) ގެ ޖޫރިމަނާއެއް ދައްކަން އަންހެން މީހާ އަށް ޖެހުނީ އޭނާގެ ފިރިމީހާގެ ކުންފުނިން ދޫކުރި ޗެކަކަށް ގެރެންޓީއެއްގެ ގޮތުގައި ސޮއި ކޮށްފައި ވާތީ އެވެ.

އަންހެން މީހާގެ ނަމެއް މީޑިއާ އިން ހާމަކޮށްފައެއް ނުވެއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އަންހެން މީހާ އަށް އެހީވީ ފުލުހުންގެ ލެފްޓިނެންޓެއް ކަމަށްވާ އަބްދުލް ހާދީ އަލް ހަމާދީ އެވެ.

ލެފްޓިނެންޓް އަބްދުލް ހާދީ އަންހެން މީހާ އަށް އެހީވީ އޭނާގެ ހަތް މަހުގެ ކުއްޖަކު އޮތުމުންނާއި އޭނާ ޖަލުން ސަލާމަތް ކުރަން ފިރިމިހާ ނައުމުންނެވެ. ޖޫރިމަނާ ފައިސާ ނުދެއްކި ނަމަ އަންހެން މީހާ 100 ދުވަސް ވަންދެން ޖަލުގައި އޮންނަން ޖެހޭނެއެވެ.

ލެފްޓިނެންޓް އަބްދުލް ހާދީ އަންހެން މީހާގެ ތުއްތު ދަރިފުޅަށްޓަކައި، އެދަރިފުޅުގެ މަންމަ އަށް ވެދިން އެހީ މީޑިއާގެ ސަމާލުކަމަށް އައުމުން ވަރަށް ގިނަ އަދަދެއްގެ މީހުން ދަނީ ލެފްޓިނެންޓް އަބްދުލް ހާދީ އަށް ޝުކުރު އަދާކުރަމުންނެވެ. ލެފްޓިނެންޓް އަބްދުލް ހާދީ އަކީ އެހެން މީހުން ނަމޫނާއަކަށް ބަލަން ޖެހޭ ފަދަ ފުލުހެއް ކަމަށް ވަރަށް ގިނަ މީހުން މީސް މީޑިއާގައި ދަނީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މާހިރު

    ތޭންކްސް ފުލުސް މީހާ